ރިނބުދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރަނީ

Advertisement

އެންމެ ފަސް

Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ދ. ރިނބުދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމަށް ހަމަޖެހިފައިވައިވާ ކަމަށެވެ.

ރައީސް މިފަދައިން ވިދާޅުވީ ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރިނބުދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ. އެގޮތުން ރައީސް ވިދާޅުވީ އެ ރަށުގައި މިވަގުތު ހުރި މިސްކިތަކީ 1992 ވަނަ އަހަރު ބިނާކޮށްފައި ހުރި މިސްކިތެއް ކަމަށް އެ ރަށުގެ ކައުންސިލުން މައުލޫމާތު ދީފައިވާ ކަމަށާއި އޭރުއްސުރެ އެ ރަށުގައި އިތުރު މިސްކިތެއް ބިނާކުރެވިފައި ނުވާކަމަށެވެ. އަދި މިސްކިތުގެ ބިންގާ އެޅުމުގެ މަސައްކަތް މި އަހަރުގެ ޖުލައި މަހުގައި ފެށޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ދިވެހިންނަކީ މާތްވެގެންވާ އިސްލާމްދީނުގައި ފައިތިލަ ސާބިތުކޮށްގެން ތިބި ފަހުރުވެރި މުސްލިމުންނަށް ވާއިރު ރަށްރަށުގައި އަބަދުވެސް ރަނގަޅު ފެންވަރުގެ މިސްކިތް ބިނާކުރެވިފައި ހުންނަން ޖެހޭނެ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދ. ރިނބުދޫ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ