ބީއެމްއެލްގެ 153 ވަނަ އޭޓީއެމް މާއެނބޫދޫގައި ބަހައްޓައި، ޚިދުމަތްދޭން ފަށައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދ. މާއެނބޫދޫގައި ގާއިމުކުރި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާހުކޮށްދެއްވާފި އެވެ.

މި ޚިދުމަތް ފެށުމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ”މިއަދު މި ރަށުގައި އޭޓީއެމްގެ ޚިދުމަތް ފެށިގެން މި ދިޔައީ މުޅި ރާއްޖޭގައި ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ފޯރުކޮށްދީ، ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން“ ކަމަށެވެ. އަދި މި ޚިދުމަތް ފެށުމާއެކު، މާއެނބޫދޫގައި އޭޓީއެމްއެއް ނެތުމުން ރަށުގެ ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލު ލިބި، ޚިދުމަތް ހޯދުމަށް ފަސޭހަ އިންތިޒާމެއް ހަމަޖެހިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއީ ”މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް“ މަޝްރޫޢުގެ ދަށުން ގާއިމުކުރެވުނު ޚިދުމަތެކެވެ. މި މަޝްރޫޢުގެ މަޤްޞަދަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރުމެވެ.

ބީއެމްއެލްއަކީ ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ގޮތުގައި، މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގައެއް ގާއިމުކޮށްފައިވާ ބޭންކެކެވެ. މިގޮތުން 20 އަތޮޅުގައި 39 ބްރާންޗް، 96 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 153 އޭޓީއެމް އަދި އޭޖެންޓު ބޭންކިންގ ޚިދުމަތުގެ އިތުރުން ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތް ވެސް ބޭންކުން ފޯރުކޮށްދެ އެވެ.

ބޭންކުގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމަޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. އަދި އީޖާދީ ބޭންކިންގ ހައްލުތަކެއް ގާއިމުކޮށް މުޖުތަމަޢު ބާރުވެރިކުރުވުމަށް ބޭންކުން އަބަދުވެސް މަސައްކަތް ކުރަމުންދެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބީއެމްއެލް ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ