ޒަކިއްޔާގެ މަރު: ފުލުހުން އިހުމާލުވެފައިވޭތޯ އެންއައިސީން ބަލަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ނ. ހޮޅުދޫ، ޒަކިއްޔާ މޫސާގެ މަރުގެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން އިހުމާލުވެފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ނިންމައިފި އެވެ.

ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު، ކަރުގައި ޒަހަމްތަކަކާއެކު އެވެ.

އެންއައިސީން މިއަދު ހާމަކުރި ގޮތުގައި މި މައްސަލަ ތަހުގީގުކުރަން ނިންމާފައިވަނީ ހޮޅުދޫ ރައްޔިތުންގެ މެދުގައި ކަންބޮޑުވުންތަކެއް އުފެދި، ފުލުހުންގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކުރަމުންދާތީ އެވެ. އެންއައިސީން މި މައްސަލަ ބަލަނީ އެ ކޮމިޝަންގެ އަމިއްލަ އިސްނެގުމުގެ މަތިންނެވެ.

50 އަހަރުގެ ޒަކިއްޔާ މޫސާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ގުދަނުންނެވެ. އޭނާގެ މަރާމެދު ޝައްކުތައް އުފެދުނީ މަރުވެފައި އޮތްއިރު ކަރުގައި ޒަހަމްތަކެއް ހުރުމާއި، އޭނާގެ ކައިރީގައި ވަޅިއެއް އޮތުމުންނެވެ.

އެންއައިސީން ބުނެފައިވާ ގޮތުގައި އެ ކޮމިޝަނުން ބަލާނީ ފުލުހުންގެ ތަހުގީގު ހިންގުމުގައި ގާނޫނާއި ގަވާއިދު އަދި ފުލުހުން އަމަލުކުރަން ޖެހޭ އެއްވެސް އުސޫލަކާ ހިލާފަށް އަމަލުކޮށްފައިވޭތޯ އެވެ.

މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމުގައި ދިވެހި ފުލުހުން އަންނަނީ އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ގެ އެހީތެރިކަން ވެސް ހޯދަމުންނެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ދިވެހި ފުލުހުންގެ ޚިދުމަތް ޒަކިއްޔާގެ މަރު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ