ގދ. ތިނަދޫގައި ތަރައްގީކުރަމުންދާ އިންޑަސްޓްރިއަލް ޒޯންގެ 88 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ހާމަކޮށްފި އެވެ.
އެމްޓީސީސީން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުން، މި މަޝްރޫޢުގެ ދަށުން ކުރަމުންދާ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތުގެ 77 އިންސައްތަ ނިމިފައިވާއިރު، އެއްގަމު ތޮށި ޖެހުމުގެ މަސައްކަތުގެ 96 އިންސައްތަ ވަނީ ނިންމާފަ އެވެ. އަދި ކޮންކްރީޓް ބްރިޖް ހެދުމުގެ މަސައްކަތުގެ 65 އިންސައްތަ ވެސް ވަނީ ނިމިފަ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި 2022 ވަނަ އަހަރު އެމްޓީސީސީއާ ހަވާލުކުރެވުނު މި މަޝްރޫޢަކީ، ހުވަދު އަތޮޅުގެ އިގްތިސާދީ ތަރައްގީއަށް މުހިންމު ބަދަލުތަކެއް ގެނެސްދޭނެ މަޝްރޫޢެއް ކަމަށް ބެލެވެ އެވެ.
މި މަޝްރޫޢުގެ ދަށުން ސަރަޙައްދީ ބަނދަރެއް ތަރައްގީކުރުމުގެ އިތުރުން، ސަރަޙައްދުގެ މަސްވެރިންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް 1,000 ޓަނުގެ މަސް ފިނިކުރާ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.
މި އިންޑަސްޓްރިއަލް ޒޯން ތަރައްގީކުރުމުން، ހުވަދު އަތޮޅުގެ މަސްވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުންތަކެއް ލިބި، ގިނަ ވަޒީފާގެ ފުރުސަތުތަކެއް އުފެދިގެންދާނެ ކަމަށް ބެލެވެ އެވެ.
މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) ގދ. ތިނަދޫ