ލާމު ގަމުގެ ފެނުގެ މަޝްރޫއު ނިމި ޚިދުމަތް ދޭން ފަށާފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ހާމަކޮށްފި އެވެ.
މި މަޝްރޫއަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރުމަށް 2021 ވަނަ އަހަރު ފެށި މަޝްރޫއުގެ ބައެކެވެ.
ލ. ގަމުގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ ޢަމަލީ މަސައްކަތް ފެށިފައިވަނީ 2023 ވަނަ އަހަރުގެ ތެރޭގަ އެވެ. މި މަޝްރޫއުގެ ދަށުން ގަމުގައި 250 ޓަނުގެ 2 އާރްއޯ ޕްލާންޓް ގާއިމުކޮށްފައިވެ އެވެ. އަދި ފެން ރައްކާކުރުމަށް 1080 ޓަނުގެ ބޯފެން ރައްކާކުރާ 2 ޓޭންކާއި، 720 ޓަނުގެ ބޯފެން ރައްކާކުރާ 2 ޓޭންކު ވަނީ ގާއިމުކޮށްފަ އެވެ.
މީގެ އިތުރުން، 60 ޓަނުގެ ވާރޭ ފެން ޕްލާންޓަކާއި 900 ޓަނުގެ ވާރޭ ފެން ރައްކާކުރާ ޓޭންކެއްވެސް ވަނީ ގާއިމުކޮށްފަ އެވެ. ޕްލާންޓްތަކަށް ބޭނުންވާ ހަކަތަ އުފެއްދުމަށް 25 ކިލޯވޮޓްގެ އިރުގެ އަވިން ހަކަތަ އުފައްދާ ނިޒާމެއްވެސް ވަނީ ގާއިމުކޮށްފަ އެވެ.
މަޝްރޫއުގެ މަސައްކަތް ނިމި، މިހާރު ޚިދުމަތް ފޯރުކޮށްދެނީ ސަޕްލަޔާ ޑިފެކްޓްސް ލައެބިލިޓީގެ ދަށުންނެވެ. މި މަޝްރޫއު ހިންގާފައިވަނީ އިންޑިއާގެ އެކްސިމް ބޭންކުން ދޫކުރި ކްރެޑިޓް ފެސިލިޓީގެ ދަށުންނެވެ.
މި މަޝްރޫއު ނިމުމާއެކު، ލާމު ގަމުގެ ރައްޔިތުންނަށް ރައްކާތެރި ބޯފެން ލިބުމުގެ މަގު ތަނަވަސްވެގެން ދާނެކަމަށް ބެލެވެއެވެ. މިއީ ރާއްޖޭގެ ރަށްރަށުގައި ފެނުގެ ދަތިކަން ޙައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ލ.ގަން