ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ މަންމަ، ޒަމީރާ ޢުމަރު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުއިއްޒު ތައުޒިޔާ ކިޔުއްވައިފިއެވެ.
ރައީސް މުއިއްޒު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މަރްޙޫމާ ޒަމީރާ ޢުމަރުގެ އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ދެކަނބަލުންނަށާއި އާއިލާއަށް ތައުޒިޔާ ދަންނަވާ ކަމަށެވެ.
މީގެއިތުރުން ރައީސް މުއިއްޒު ”މަރްޙޫމާ ޒަމީރާ ޢުމަރަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތާއި އޯގާވަންތަކަމުގައި ތާއަބަދުމެ ލެހެއްޓެވުން އެދި ދުޢާ“ ކުރައްވާފައިވެއެވެ.
މަރްޙޫމާ ޒަމީރާ ޢުމަރަކީ ފަސްޓް ލޭޑީ ފަޒްނާ އަޙްމަދުގެ މަންމާފުޅެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު