ކުރިއަށް އޮތް ދެ އަހަރު ގައުމީ ދުވަސް އުތީމުގައި ފާހަގަކުރަން ރައީސް މުއިއްޒު ނިންމަވައިފި

Advertisement

އެންމެ ފަސް

Advertisement

ކުރިއަށް އޮތް ދެ އަހަރު ވެސް ގައުމީ ދުވަސް ހއ. އުތީމުގައި ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

މިކަން ރައީސް އިއުލާނު ކުރެއްވީ މިއަދު ހަވީރު އުތީމަށް ކުރެއްވި ދަތުރުފުޅެއްގަ އެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ދިވެހީންގެ ނެޝަނަލް އައިޑެންޓިޓީ ހިމާޔަތްކުރުމަށްޓަކައި އުތީމު ގަނޑުވަރު ބެލެހެއްޓުމަށް އިސްކަންދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެންނަމަވެސް، މިހާތަނަށް މި ގަނޑުވަރު ބެލެހެއްޓުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ކުރީގެ ސަރުކާރުތަކުން ގައުމީ ދުވަސް ފާހަގަކުރި ގޮތާ ތަފާތުކޮށް، މިފަހަރު އެ ދުވަސް ފާހަގަކުރުމަށް ރޭވިފައިވާކަން ރައީސް ހާމަކުރެއްވި އެވެ. ކުރީގެ އާދަކާދައިގެ ގޮތުން، ކޮންމެ ދައުރެއްގައި ވެސް އާދައިގެ ބަޖެޓަކުން ގައުމީ ދުވަސް އެއް އަހަރު އުތީމުގައި ފާހަގަކުރާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެހެންނަމަވެސް، މިފަހަރު ރައީސްގެ ވިސްނުންފުޅު ހުރީ މިކަން މަޝްރޫއެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށެވެ. މި މަޝްރޫއުގެ ދަށުން ގައުމީ ވިސްނުމެއްގައި އެކި ބާވަތުގެ ޕްރޮގްރާމްތައް ހިންގުމަށް ރޭވިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

”މިހާތަނަށް ސަރުކާރުތަކުން ނުދޭ ސަމާލުކަމެއް ދީގެން، އެއީ ބަޖެޓުގެ ގޮތުން ކަމުގައި ވިޔަސް އަދި އެހެނިހެން ވަސީލަތްތަކުގެ ގޮތުން ކަމަށް ވިޔަސް، ޖެހިޖެހިގެން ދެ އަހަރު، މި އަހަރާއި އަދި މި އަންނަ އަހަރު، ގައުމީ ދުވަސް ގައުމީ ފެންވަރެއްގައި މި ރަށުގައި ފާހަގަކުރަން ނިންމާފައިވާ“ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

މި ނިންމެވުމަކީ އުތީމު ގަނޑުވަރާއި ދިވެހި ތާރީޚަށް އިތުރު ސަމާލުކަމެއް ދިނުމަށް އަޅުއްވާ ފިޔަވަޅެކެވެ. މީގެ ސަބަބުން ދިވެހި ޘަޤާފަތާއި ތަރިކަ ދެމެހެއްޓުމަށް އިތުރު ބާރެއް ލިބިގެންދާނެ އެވެ.

ހއ. އުތީމު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ