އޭސީސީއާ ތިނަދޫ ކައުންސިލް ތަޅާފޮޅަން ފަށައި، ވައްކަމުގެ ތުހުމަތުކޮށްފި

Advertisement

އެންމެ ފަސް

Advertisement

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ނަމުގައި ތިނަދޫ ސިޓީ ކައުންސިލް އިދާރާއަށް ބަޔަކު ވަދެ ވައްކަންކޮށްފައިވާ ކަމަށް އެ ކައުންސިލުން ތުހުމަތުކޮށްފި އެވެ. ނަމަވެސް މިއީ ތަހުގީގެއްގެ ދަށުން ގާނޫނީ އިމުގެ ތެރެއިން ކުރި ކަމެއް ކަމަށް އޭސީސީން ބުނެފައިވެ އެވެ.

ތިނަދޫ ސިޓީ ކައުންސިލުން ސޯޝަލް މީޑިއާގައި ހާމަކުރި މަޢުލޫމާތުގައި ބުނެފައިވަނީ އޭސީސީގެ ނަމުގައި އައި ބަޔަކު ކައުންސިލް އިދާރާގެ ގިނަ އަދަދެއްގެ ތަކެތި ވަގަށް ނަގާފައިވާ ކަމަށެވެ. އަދި މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި، މި ހާދިސާއާ ގުޅިގެން ކައުންސިލްގެ ބައެއް ޚިދުމަތްތައް މެދުކެނޑިފައިވާ ކަމަށްވެސް އެ ކައުންސިލުން ބުނެފައިވެ އެވެ.

މި މައްސަލައާ ގުޅިގެން އޭސީސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އިއްޔެ އެ ކޮމިޝަނުން ތަހުގީގުކުރަމުންދާ މައްސަލަތަކަކާ ގުޅިގެން ކޮމިޝަނުގެ ޓީމެއް ތިނަދޫ ސިޓީ ކައުންސިލްގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ. އެގޮތުން، ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅޭގޮތުން ތަހުގީގަށް ބޭނުންވާ ލިޔެކިޔުން ހޯދުމުގެ މަސައްކަތް ކޮށްފައިވާ ކަމަށާއި، ނަމަވެސް އެކަމުގައި ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބިފައިނުވާ ކަމަށް އޭސީސީން ބުނެފައިވެ އެވެ.

އޭސީސީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ޤާނޫނު އަސާސީއާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުގެ ދަށުން، އެ ކޮމިޝަނުގެ ޤާނޫނީ އިމުގެ ތެރެއިން އެންމެހާ އިޖުރާއަތްތައް ފުރިހަމަ ކުރުމަށްފަހު ތަހުޤީޤަށް ބޭނުންވާ ލިޔެކިޔުން ހޯދައިފައިވާ ކަމަށެވެ. އަދި މިކަމާ ގުޅޭގޮތުން ކައުންސިލުން ހާމަކޮށްފައިވާ މަޢުލޫމާތުތަކަކީ ދޮގު ވާހަކަތަކެއް ކަމަށާއި، އެ ކޮމިޝަނާ ގުޅޭގޮތުން ފަތުރަމުންދާ ހަޤީޤަތާ ޚިލާފު މަޢުލޫމާތަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައިވެ އެވެ.

އެނގިފައިވާ ގޮތުގައި ކޮރަޕްޝަނަށް ތުހުމަތުކުރެވޭ ބޮޑު 6 މައްސަލައެއް އޭސީސީން ގެންދަނީ ބަލަމުންނެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ތިނަދޫ ސިޓީ ކައުންސިލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ