ރާއްޖެއަށް ބައިނަލްއަޤްވާމީ ޕޭމަންޓް ގޭޓްވޭ ނިޒާމުތައް ތަޢާރަފުކުރުމަށްޓަކައި ޕޭޕާލް، އެމަޒޯން ޕޭ އަދި ގޫގްލް ޕޭ ގެނައުމަށް ރަސްމީކޮށް ޕްރޮޕޯޒަލް ހުށަހަޅައިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
އެމްއެމްޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޑރ. އާއިޝަތު ޝަހުދާ ޢަބްދުﷲ ވިދާޅުވީ މިއީ ރާއްޖޭގެ ފަންނުވެރިންނަށް ވަރަށް މުހިންމު ހިދުމަތެއް ކަމަށެވެ. އެގޮތުން ފަންނުވެރިންނާއި އަމިއްލަ މަސައްކަތުން އާމްދަނީ ހޯދާ ފަރާތްތަކުން މި ހިދުމަތަށް ވަރަށް ބޮޑަށް ބޭނުންވެފައިވާކަން ޝަހުދާ ފާހަގަކުރެއްވި އެވެ.
ޝަހުދާ އިތުރަށް ވިދާޅުވީ މި ހިދުމަތްދޭ ފަރާތްތަކާއެކު މިހާރު ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.
ޕޭޕާލްގެ އިތުރުން އެމޭޒަން ޕޭ އާއި ގޫގްލް ޕޭ ގެނައުމަށްޓަކައި މިހާރު ވަނީ އޮފިޝަލް ޕްރޮޕޯޒަލްތަކެއް ފޮނުވިފައި. އަދި އޭގެ އިތުރުން އެގްޒެކެޓިވް މެނޭޖުމަންޓު ލެވަލްގައި ބައިވަރު މަޝްވަރާތަކެއް ވެސް މިހާރު ވަނީ ކުރެވިފައި.
ޗައިނާގެ މަޝްހޫރު މޮބައިލް އެޕް ވެއިޝިން ޕޭ (ވީޗެޓް ޕޭ) މިހާރު ރާއްޖޭގައި ބޭނުންކުރެވޭކަން ވެސް ޑރ. ޝަހުދާ ފާހަގަކުރެއްވި އެވެ. ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިދިޔަ އަހަރުގެ މެއި މަހު ބޭންކުގެ ޕޮއިންޓް-އޮފް-ސޭލް (ޕީއޯއެސް) ޓާމިނަލް ނެޓްވޯކްގައި ވީޗެޓް ބޭނުންކުރެވޭ ޚިދުމަތް ތަޢާރަފުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޕޭޕަލް ރާއްޖެއަށް ތައާރަފް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގެންފަހުން އެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދާކަން ފާހަގަ ކުރެވެ އެވެ. އަދި ޕޭޕަލްގެ އިތުރުން އެމަޒޯން ޕޭ އަދި ގޫގްލް ޕޭވެސް ރާއްޖެއަށް ގެނައުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ގޫގުލް ޕޭޕަލްގެ ހިދުމަތް