ޒަކިއްޔާގެ މަރުގެ ތަހުގީގުގައި އެފްބީއައިގެ އެހީތެރިކަން ހޯދަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ނ. ހޮޅުދޫގައި މިދިޔަ ސެޕްޓެމްބަރު މަހު ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މައްސަލައިގެ ތަހުގީގުގައި އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ގެ އެހީތެރިކަން ހޯދަން ފުލުހުން ފަށައިފި އެވެ.

ފުލުހުން މިއަދު ނެރުނު މީޑިއާ މެސެޖެއްގައި ބުނެފައިވާ ގޮތުގައި، މި މައްސަލައިގެ ތަހުގީގުގައި ދިވެހި ފުލުހުން ހޯދާފައިވާ ހޯދުންތައް އެފްބީއައިއާ ހިއްސާކޮށް، އިތުރު ބައެއްގެ ރައުޔު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދެވެމުންދެ އެވެ. މީގެ އިތުރުން، ދިވެހި ފުލުހުންގެ ސީނިއަރ ތަހުގީގު ޓީމެއް ވަނީ ނ. ހޮޅުދޫއަށް ޒިޔާރަތްކޮށް މައްސަލައިގެ ތަހުގީގު މުރާޖައާކޮށް، އިތުރަށް ބަލަންޖެހޭ ކަންކަން ދެނެގަތުމުގެ މަސައްކަތްތަކެއް ކޮށްފަ އެވެ.

ނިއުލައިފް، ނ. ހޮޅުދޫގެ 50 އަހަރުގެ ޒަކިއްޔާ މޫސާ މަރުވެފައި ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ގުދަން ތެރެއިންނެވެ. އޭނާގެ މަރާ މެދު ޝައްކުތަކެއް އުފެދުނީ މަރުވެފައި އޮތްއިރު ކަރުގައި ޒަހަމްތަކެއް ހުރުމުންނާއި، މަރުވެފައި އޮތް ތަނުން ލޭ ހުރި ވަޅިއެއް ފެނުމާ ގުޅިގެންނެވެ.

މި މައްސަލައިގައި ރަށުގެ ގިނަ ބަޔަކު ޒަކިއްޔާ މަރާލި ކަމަށް ތުހުމަތުކުރާއިރު، އެފަދަ ހެއްކެއް އަދި ނުލިބޭ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި މި މައްސަލައިގެ ތަހުގީގު މިހާރުވެސް ކުރިއަށްދާ ކަމަށް ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ.

ނ. ހޮޅުދޫ ދިވެހި ފުލުހުންގެ ޚިދުމަތް ޒަކިއްޔާގެ މަރު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ