ވަދޫ އެއްކޮށް އިޔާދަކުރަނިވި ހަކަތަ ބޭނުން ކުރާ ރަށަކަށް ހަދަން ވަރަށް ބޭނުން: ރައީސް

Advertisement

Advertisement

އެންމެ ފަސް

Advertisement

ރ. ވާދޫ އެއްކޮށް އިޔާދަކުރަނިވި ހަކަތައަށް ބަދަލުވާތަން ބަލަން ބޭނުންފުޅުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ރ. އަތޮޅުގެ ރަށްތަކުގެ ރައްޔިތުންނ ބައްދަލު ކުރެއްވުމަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވާދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ވިދާޅުވީ ވާދޫއަކީ މިހާރުވެސް އިޔާދަކުރަނިވި ހަކަތަ ބޭނުން ކުރާ ރަށެއްކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އެމަނިކުފާނު ބޭނުންފުޅުވަނީ ރައްޔިތުން އެދޭނަމަ މުޅި ރަށް އެއްކޮށް އިޔާދަކުރަނި ހަކަތަ ބޭނުން ކުރާ ރަށަކަށް ހެދުމަށް ކަމަށެވެ.

މިރަށަކީ އަމިއްލައަށް އިސްނަންގަވައިގެން އިޔާދަކުރަނިވި ހަކަތައިގެ ދަށުން ވަރަށް ގިނަ މަސައްކަތްތަކެއް ފަށާފަ އޮތް ރަށެއް. އެކަމަށް އަޅުގަނޑު ވަރަށް މަރުހަބާވެސް ކިޔަން ތިބޭފުޅުންނަށް. އަދި ވަރަށް ބޮޑަށް ހިތްވަރުވެސް ދެން އެކަމުގަ.

މި ސަރުކާރުގެ އަމާޒަކީ 2028 ގެ ނިޔަލަށް މުޅި ރާއްޖޭގައި އުފައްދާ ހަކަތައިގެ 33 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުންކަން ރައީސް ވަނީ ފާހަގަ ކުރައްވާފަ އެވެ. އަދި އެ މަޝްރޫގެ ތެރެއިން ވާދޫއަކީ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން މުޅި ރަށުގެ ހަކަތަ އިޔާދަކުރަނިވި ހަކަތަ ބޭނުން ކުރާ ރަށަކަށް ހެދުމަށް ރައްޔިތުން ބޭނުންވާނަމަ އެކަންކޮށްދިނުމަށް ސަރުކާރުން ތައްޔާރަށް އޮތްކަމަށް ރައީސް ވިދާޅުވި އެވެ.

އަޅުގަނޑަށް ޔަގީން ރަށުގެ ރައްޔިތުން އެ ވިސްނުންފުޅުގަ ތިއްބެވިކަމަށް ވަންޏާ އަޅުގަނޑުމެންނަށް ސަރުކާރާ ރައްޔިތުންނާ ގުޅިގެން މިރަށުގެ ގެތަކާއި ހިދުމަތްދޭ މަރުކަޒުތަކާ، ހުރިހާ ތަނަކީ އިޔާދަކުރަނިވި ހަކަތައި ރަން ކުރާ ރަށަކަށް ހެދިދާނެ. އަޅުގަނޑު އެކަން ކުރަން ގަސްތު ކުރާ ވާހަކަ. އެހެންނަމަވެސް ވައުދެއް ނޫން.

ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވާނަމަ އެންވާރަމަންޓް މިނިސްޓަރާއި، ފިނޭންސް މިނިސްޓަރާއި، ވާދޫ ކައުންސިލާއި، ވާދޫގެ ރައްޔިތުންނާއި، މުއައްސަސާތަކާ ގުޅިގެން އެ މަސައްކަތް ކުރެވިގެންދާނެ ކަމަށެވެ.

ރައްޔިތުންގެ ކުރިއެރުމާއި ތަރައްޤީއާއި ސީދާ ގޮތުން ގުޅޭ ވުޒާރާތަކުގެ މަތީ ފަންތީގެ ވަފުދަކާއެކު ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި ރ. އަތޮޅުގެ އެގާރަ ރަށަކަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފަ އެވެ. ވާދޫއަކީ މި ދަތުރުފުޅުގެ ފުރަތަމަ މަންޒިލެވެ. ވާދޫގެ އިތުރުން އަނގޮޅިތީމު، ހުޅުދުއްފާރު، އިންނަމާދޫ، ކިނޮޅަސް، މާކުރަތު، މަޑުއްވަރި، ފައިނު، ރަސްގެތީމު، ރަސްމާދޫ، އަދި އުނގޫފާރަށް އެމަނިކުފާނު ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފަ އެވެ.

ރ. ވާދޫ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިޔާދަ ކުރަނިވި ހަކަތަ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ