ދައުލަތުގެ އާމްދަނީ 2024: މުދަލު ޒަކާތުގެ ގޮތުގައި 101 މިލިއަން ރުފިޔާ

Advertisement

އެންމެ ފަސް

Advertisement

މިދިޔަ އަހަރު ދައުލަތަށް މުދަލު ޒަކާތުގެ ގޮތުގައި 101 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

މީރާއިން އާންމު ކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން މުދަލު ޒަކާތުގެ ގޮތުގައި ވަނީ 101،935،280 ރުފިޔާ ލިބިފަ އެވެ. މީގެ ތެރޭގައި ޑޮލަރުން ލިބުނު 6،160 ވެސް ހިމެނެ އެވެ. މީރާއަށް މުދަލު ޒަކާތުގެ ގޮތުގައި 2023 ވަނަ އަހަރު ދައްކާފައިވަނީ 90،207،015 ރުފިޔާ އެވެ.

މިދިޔަ އަހަރު މުދަލު ޒަކާތް އެންމެ ގިނައިން ބަލައިގެންފައިވަނީ ޖުލައި މަހު އެވެ. ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި 15.5 މިލިއަން ރުފިޔާ މީރާއަށް ވަނީ ބަލައިގެންފަ އެވެ. ޑިސެމްބަރު މަހު މީރާއަށް މުދަލު ޒަކާތުގެ ގޮތުގައި ލިބުނީ 9.7 މިލިއަން ރުފިޔާ އެވެ.

މީގެ ކުރިން ރާއްޖޭގައި މުދަލު ޒަކާތް ބަލައިގަންނަނީ އިސްލާމިކް މިނިސްޓްރީއަށެވެ. ނަމަވެސް 2016 ވަނަ އަހަރު ވަނީ މުދަލު ޒަކާތް މީރާއަށް ބަލައިގަންނަ ގޮތަށް ހަމަޖައްސާފަ އެވެ.

މީރާ މުދަލު ޒަކާތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ