ހުޅުމާލެ އެކްސިޑެންޓް: އިކްރާމް 3 މަހަށް ޖަލަށް، 70،000 ރުފިޔާއިން ޖުރިމަނާ

Advertisement

Advertisement

އެންމެ ފަސް

Advertisement

މިދިޔަ އަހަރުގެ ޖުލައި 31 ވަނަ ދުވަހު ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ކާރު ދުއްވަންއިން އިބްރާހީމް އިކްރާމް ކުށަށް އިއުތިރާފުވުމުން ތިން މަހަށް ޖަލަށް އަދި 70،000 ރުފިޔާއިން ޖުރިމަނާކުރުމަށް ހުކުމް ކޮށްފި އެވެ.

ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ކާރެއް، ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހި ހިނގި މި ނުރައްކާތެރި އެކްސިޑެންޓާއި ގުޅިގެން ތިން މީހެއްގެ މައްޗަށް ދައުވާ ކޮށްފައިވެ އެވެ. އެއީ ކ. މާލެ / އިބްރާހިމް އިކްރާމް، ކ. މާލެ / އިކްރާމުއްރަހްމާން އަދި ގއ. ކަނޑުހުޅުދޫ / ޖިނާހު އިސްމާއިލް އެވެ.

މި މައްސަލައިގައި ކާރު ދުއްވަންއިން އިބްރާހީމް އިކްރާމްގެ މައްޗަށް 6 ދައުވާއެއް އުފުލާފައިވެ އެވެ. އިކްރާމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ:

  1. އަނިޔާއެއް ދިނުމުގެ ދައުވާ
  2. މީހަކު ފަރުވާލެއް ނެތި ކުރާ އަމަލެއްގެ ސަބަބުން މީހަކަށް އޭނާގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެކަމުގެ ބިރެއް ކުރިމަތިކުރުވުމުގެ ދައުވާ
  3. މުދަލަށް ގެއްލުން ދިނުމުގެ 2 ދައުވާ
  4. އެކްސިޑެންޓްވުމުން އެކަމުގެ ރިޕޯޓް ނުކުރުމުގެ ދައުވާ
  5. އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި އެހީތެރިކަން ފޯރުކޮށް ނުދިނުމުގެ ދައުވާ

މި މައްސަލައިގައި ނޮވެމްބަރު 27 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އިކްރާމް ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތަކަށް އިއުތިރާފުވެ، ދައުލަތާއެކު އިއުތިރާފު އެއްބަސްވުމެއް ހެދުމަށް ބޭނުންވާކަން ހާމަކޮށްފަ އެވެ.

އެގޮތުން އިކްރާމް ދައުލަތާއެކު އިއުތިރާފު އެއްބަސްވުމެއް ހަދާފައިވުމުން ކްރިމިނަލް ކޯޓުން މިއަދުވަނީ އަވަސްނިޔާގެ ތެރެއިން މައްސަލައިގައި ހުކުމް ކޮށްފަ އެވެ.

އެގޮތުން އަނިޔާއެއް ދިނުމުގެ ދައުވާގެ ޖަލު އަދަބު ޖުރިމަނާއަށް ބަދަލުކޮށް 44،800 ރުފިޔާއިން ވަނީ ޖުރިމަނާ ކޮށްފަ އެވެ. މީހަކު ފަރުވާލެއް ނެތި ކުރާ އަމަލެއްގެ ސަބަބުން މީހަކަށް އޭނާގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެކަމުގެ ބިރެއް ކުރިމަތިކުރުވުމުގެ ދައުވާގައި 3 މަހަށް ޖަލަށްލުމާއެކު 19،200 ރުފިޔާއިން ޖުރިމަނާ ކޮށްފައިވެ އެވެ. އަދި އެކްސިޑެންޓްވުމުން އެ ކަމުގެ ރިޕޯޓް ނުކުރުމުގެ ކުށުގެ ދައުވާގައި 5،400 ރުފިޔާއިން ޖުރިމަނާކޮށްފައިވާއިރު އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ ގައި 600 ރުފިޔާއިން ވަނީ ޖުރިމަނާ ކޮށްފަ އެވެ. ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ މި ޖުރިމަނާތައް 8 މަސްތެރޭގައި ދެއްކުމަށެވެ.

މީގެއިތުރުން މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދެ ދައުވާ ވަނީ އަނބުރާ ގެންގޮސްފަ އެވެ. އެއީ ބޭސްފަރުވާގެ ހަރަދަށާއި ސައިކަލަށް ލިބުނު ގެއްލުންތަކަށް ގާތްގަނޑަކަށް 118،000 ދައްކާފައިވުމުންނެވެ. މިކަން ދައުލަތާއި އިކްރާމްގެ ފަރާތުންވެސް ކޯޓުގައި ފާހަގަ ކޮށްފައިވެ އެވެ.

މި މައްސަލައިގައި ދެން ދައުވާކޮށްފައިވާ މީހުން މީގެކުރިން ބޭއްވި އަޑުއެހުމުގައި ވަނީ އެމީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް އިންކާރުކޮށްފަ އެވެ.

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ކްރިމިނަލް ކޯޓު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ