900 ގްރާމުގެ ޑްރަގް އެތެރެކުރި މީހަކު އުމުރަށް ޖަލަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

ކުރިއާ ސާވިސް މެދުވެރިކޮށް ރާއްޖެއަށް 989.1 ގްރާމުގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި މީހެއްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

މި މައްސަލައިގައި، މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ޝަރުވާން ސަލީމް، ސ. ހިތަދޫ، ޖިބްރޯލްޓަރގެ މައްޗަށެވެ.

މީނާގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނެފައިވަނީ 2 މާޗް 2022 ގައި ފެޑެކްސް މެދުވެރިކޮށް ގެނެސްފައިވާ ފޮށިގަނޑެއް ސްކޭންކުރިއިރު އެއްޗެއް ރައްކާކޮށްފައި ހުރިކަމަށް ޝައްކުކުރެވުނު ކަމަށެވެ. އަދި އެ ފޮށިގަނޑާ ހަވާލުވާން އައި މީހާ ހުއްޓުވައި ސުވާލު ކުރުމުން ފޮށިގަނޑު ނަގަންދިޔައީ ޝަރުވާން ސަލީމް ބުނެގެންކަމަށް ބުނުމުން ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއް ހިންގާފައިވެ އެވެ. އަދި މީނާ ފޮށިގަނޑާ ހަވާލުވުމުން ފުލުހުން މީނާ ހުއްޓުވައި އެ ދެ މީހުންގެ ހާޒިރުގައި ފޮށިގަނޑު ބަލައި ފާސްކުރިއިރު، އެ ފޮށިގަނޑުގެ އަރިމަތީގައި ކޮންސީލް ކޮށްފައި އޮތް 2 ރަބަރު ޕެކެޓުގައި 989.1 ގްރާމުގެ މެފެޑްރޯން ހުރިކަމަށް ތަހުލީލު ރިޕޯޓުން ދައްކާ ކަމަށް ބުނެފައިވެ އެވެ.

މި މައްސަލައިގައި ކޮށްފައިވާ ދައުވާތަކަށް ޝަރުވާން ސަލީމް އިންކާރުކުރުމުން ދައުލަތުން ވަނީ ހެކި ހާމަކޮށްފަ އެވެ. އެހެންނަމަވެސް ދިފައުގައި މީނާ އެއްވެސް އެއްކެއް ހުށަހަޅާފައެއް ނުވެ އެވެ.

ދައުވާއަށް އިންކާރުކުރަމުން ޝަރުވާން ކޯޓުގައި ބުނެފައިވަނީ ދައުވާގައި ބުނާފަދަ ކުށެއް ހިންގާފައިނުވާ ކަމަށާއި ދައުވާގައި ބުނާ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އަމަލީ ގޮތެއްގައި އެއްވެސް ސިފައެއްގައި ބައިވެރިވެފައިނުވާ ކަމަށެވެ. އަދި އެކަމުގައި އެއްވެސް ސިފައެއްގައި ބައިވެރިވެ އެހީތެރިވެ އެނޫންވެސް އެއްވެސް ސިފައެއްގައި ބައިވެރިވެފައިނުވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފައިވަނީ މި ދައުވާ ޝަރުވާންގެ މައްޗަށް ސާބިތުވާ ކަމަށެވެ. އަދި އޭނާ އުމުރަށް ޖަލަށްލުމާއެކު 100،000 ރުފިޔާއިން ޖުރިމަނާކުރުމަށްވެސް ހުކުމް ކޮށްފައިވެ އެވެ. އަދި މި މައްސަލައިގައި ހުކުމް ކުރުމުގެ ކުރީގައި ބަންދުގައި ހޭދަކޮށްފައިވާ މުއްދަތު ކެނޑުމުން، ތަންފީޒު ކުރަންޖެހޭ އަދަބަކީ ޖުރިމަނާގެ އިތުރުން 22 އަހަރާއި 2 މަހާއި ތިން ދުވަހުގެ ޖަލު އަދަބު ކަމުގައި ކަނޑައަޅާފައިވެ އެވެ.

ކްރިމިނަލް ކޯޓު މަސްތުވާތަކެތި ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ