އަހަރުގެ ފުރަތަމަ ދުވަހު އެންމެ ގިނަ މަސް ބޭނީ ހުވަދޫ ދޯނިތަކުން

Advertisement

Advertisement

އެންމެ ފަސް

Advertisement

މިއަހަރުގެ ފުރަތަމަ ދުވަހު އެންމެ ގިނަ މަސް ބާނާފައިވަނީ ހުވަދޫ އަތޮޅުގެ މަސް ދޯނިތަކުންކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބުނެފި އެވެ.

މިފްކޯއިން އާންމުކުރި ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ދުވަހު އެންމެ ގިނައިން މަސް ކިރުވާފައިވަނީ މަސް ކިރުވާ ބޯޓު ފަހަރަށެވެ.

މިފްކޯގެ މަސް ބޯޓުތަކަށް ޖުމްލަ 221.13 މެޓްރިކްޓަނުގެ މަސް ކިރުވާފައިވާއިރު، ގއ. ކޫއްޑޫގައި ހުންނަ ފިޝަރީޒް ކޮމްޕްލެކްސްއަށް 80.72 މެޓްރިކް ޓަނުގެ މަސް ކިރުވާފައިވެއެވެ. އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް 9.4 މެޓްރިކްޓަނުގެ މަސް ކިރުވާފައިވާއިރު، ފެލިވަރު ކައިރީގައި އޮންނަ މިފްކޯގެ ތިން މަސް ބޯޓަށް 58 މެޓްރިކްޓަނުގެ މަސް ކިރުވާފައިވެއެވެ.

މިފްކޯގެ ހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ގިނައިން މަސް ބާނާފައިވަނީ ހުވަދޫ އަތޮޅުގެ އޮޑިފަހަރުންނެވެ. ގއ. އަތޮޅުގެ 20 ދޯންޏަކުން 80.7 މެޓްރިކް ޓަނުގެ މަސް ބާނާފައިވާއިރު، ގދ. އަތޮޅުގެ 22 ދޯންޏަކުން 92.6 މެޓްރިކް ޓަނުގެ މަސް ބާނާފައިވެއެވެ.

ދެން އެންމެ ގިނައިން މަސް ބާނާފައިވަނީ ޅ. އަތޮޅުގެ އޮޑިފަހަރުންނެވެ. އެ އަތޮޅުގެ 15 އޮޑިއަކުން 58.1 މެޓްރިކް ޓަނުގެ މަސް ބާނާފައިވާއިރު، ދ. އަތޮޅުގެ ހަތަރު މަސް ދޯނިން 43.4 މެޓްރިކް ޓަނުގެ މަސް ކިރުވާފައިވެއެވެ. ފުވައްމުލަކުގެ 14 އޮޑިއަކުން 26.8 މެޓްރިކްޓަނުގެ މަސް ކިރުވާފައިވާއިރު، އައްޑޫގެ ހަތަރު އޮޑިއަކުން 9.4 މެޓްރިކްޓަނުގެ މަސް ކިރުވިއެވެ.

މި ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސްވެރިކަން ރަނގަޅުވެފައިވާކަން ފާހަގަކުރެވެއެވެ. ޚާއްޞަކޮށް ހުވަދޫ އަތޮޅުގެ މަސްވެރިން އަހަރު ފަށައިގަތީ ރަނގަޅު ފެށުމަކުންކަން މި ހިސާބުތަކުން ސާފުވެއެވެ.

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް މަސްވެރިކަން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ފެލިވަރު ގއ. ކޫއްޑޫ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ