ފަސް މިލިއަން ގަސް ޕްރޮގްރާމް: އަހަރު ނިންމާލިއިރު 450,000 ގަސް އިންދައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމްގެ ދަށުން މިއަހަރުގެ މިހާތަނަށް 450،936 ގަސް އިންދައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވި މި ޕްރޮގުރާމަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި ފެހިކަން އިތުރުކުރުމަށް ރޭވިފައިވާ މުހިންމު މަޝްރޫޢެކެވެ. މި ޕްރޮގުރާމް ފެށިފައިވަނީ މިއަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހު އެވެ.

އެންވިޔަރަންމެންޓް މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ޕްރޮގުރާމްގެ ދަށުން 4،219،456 ގަސް އިންދުމަށް 70 ތަނަކުން ޕްލެޖް ލިބިފައިވެ އެވެ. މާލެއާއި އަތޮޅުތަކުގައިވެސް މި ޕްރޮގުރާމްގެ ދަށުން ގަސް އިންދުމުގެ މަސައްކަތް ފެށިފައިވެ އެވެ.

އެންވިޔަރަންމެންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވި ގޮތުގައި، މި މަޝްރޫޢުގެ ފުރަތަމަ ދުވަހު އެކަނި 398،000 ގަސް އިންދާފައިވެ އެވެ. މިއީ މި ޕްރޮގުރާމްގެ ކާމިޔާބީ ދައްކުވައިދޭ ރަނގަޅު ފެށުމެކެވެ.

ފާހަގަކޮށްލެވޭ ކަމަކީ، މި ޕްރޮގުރާމް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހު ބޭއްވުނު ކޮޕް-28 ސަމިޓުގައި ދެއްވި ތަގުރީރުގައެވެ. މިއީ ދިވެހިރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި ދެމެހެއްޓެނިވި ތަރައްޤީއަށް އަޅާ މުހިންމު ފިޔަވަޅެކެވެ.

މިނިސްޓަރ ޠާރިޤު އިބްރާހީމް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ފަސް މިލިއަން ގަސް އިންދުން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ