ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) ފުރުން މަނާކޮށްފި އެވެ.
ފުލުހުން ބުނީ މޫކޭ ފުރުން މަނާކޮށްފައިވަނީ ފުލުހުން ތަހުގީގު ކުރަމުން ގެންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ.
މޫކޭގެ އިތުރުން އެ ކުންފުނީގެ ކުރީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ޔާސިރު ހަސަންވެސް ވަނީ ފުރުން މަނާކޮށްފަ އެވެ. މި ދެ ފަރާތަށްވެސް މިހާރު މިކަން އަންގާފައިވާނެ ކަމަށާއި މިއީ ކޯޓު އަމުރެއްގެ ދަށުން ކުރި ކަމެއްކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ތަހުގީގު ކުރަމުންދާ އާރްޑީސީގެ ހިޔާނާތުގެ މައްސަލައިގައި ފުލުހުން ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މޫކޭ ދިރިއުޅޭ ގެވެސް ބަލާ ފާސްކޮށްފަ އެވެ.
އާރްޑީސީގެ ހިޔާނާތުގެ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަސް ތެރޭގަ އެވެ. އޭގެފަހުން މި މައްސަލައިގައި ނޮވެމްބަރު 2023 ގައި ފުލުހުން ވަނީ އާރްޑީސީއަށްވެސް ވަދެފަ އެވެ.
އާރްޑީސީގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްވެސް މީގެކުރިން ފުލުހަށް ހާޒިރުކޮށް ސުވާލު ކޮށްފައިވެ އެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާރްޑީސީގެ ކުރީގެ އެމްޑީ މޫސާ އަލި މަނިކް (މޫކޭ) ދިވެހި ފުލުހުންގެ ޚިދުމަތް