ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި މޯލްޑިވިއަން ބައިވެރިވެއްޖެ

Advertisement

Advertisement

އެންމެ ފަސް

Advertisement

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި ގައުމީ އެއާލައިން މޯލްޑިވިއަން އިން، ބައިވެރިވެއްޖެ އެވެ.

މޯލްޑިވިއަން އިން ބުނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް، ރާއްޖޭގައި 5 އަހަރުން 5 މިލިއަން ގަސް އިންދުމަށް އެމަނިކުފާނު ފައްޓަވާފައިވާ ޕްރޮގްރާމްގައި އެ ކުންފުނިން ބައިވެރިވެފައިވާ ކަމަށެވެ.

މޯލްޑިވިއަންއިން ވަނީ މުޅި ރާއްޖޭގައި 50،000 ގަސް އިންދުމުގެ ހަރަކާތެއް އިއްޔެ ފަށާފަ އެވެ.

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި ސްޓެލްކޯއިން ވެސް ބައިވެރިވެ މިހާތަނަށް 52,334 ގަސް އިންދާފައިވެ އެވެ.

ސްޓެލްކޯއިން ބުނީ، ސަރުކާރުގެ ’ފަސް އަހަރުން ފަސް މިލިއަން ގަސް‘ ޕްރޮގްރާމްގައި ބައިވެރިވުމުގެ ގޮތުން، ފަސް އަހަރުން ފަސް ލައްކަ ގަސް އިންދުމަށް ސްޓެލްކޯއިން ފަށާފައިވާ ހަރަކާތުގައި، މި އަހަރުގެ ޖޫން މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ސްޓެލްކޯއިން ޚިދުމަތްދޭ ރަށްރަށުގައި ޖުމްލަ 52،334 ގަސް އިންދާފައިވާ ކަމަށެވެ.

ފަސް އަހަރުގެ ތެރޭގައި ފަސް މިލިއަން ގަސް އިންދެވުމުގެ ޕްރޮގްރާމެއް ހިންގަވާނެކަން ރައީސް އިއުލާންކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި ޔޫއޭއީގައި އޮތް ”ކޮޕް28“ ގަ އެވެ.

އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ފަސް މިލިއަން ގަސް އިންދުން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ