ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ލެޕްޓޮޕްތަކެއް ވަގަށް ނަގައިފި އެވެ.
ފުލުހުން ވަނީ އެޗްޑީސީން ލެޕްޓޮޕްތަކެއް ވަގަށް ނެގިކަމުގެ ރިޕޯޓެއް ލިބިފައިވާކަން ޔަގީންކޮށްދީފަ އެވެ. ނަގާފައިވަނީ 5 ލެޕްޓޮޕްކަމަށް ފުލުހުން ބުނެ އެވެ.
އެޗްޑީސީން 5 ލެޕްޓޮޕް ވަގަށް ނެގި މައްސަލަ ފުލުހުންނަށް މިއަދު ރިޕޯޓުކޮށްފައިވޭ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އެޗްޑީސީން ކަމަށާއި ގެއްލިފައިވަނީ ފަރުކޮޅުފުށީގައި ހުރި އެޗްޑީސީގެ ޕްރޮޖެކްޓް އޮފީހުގައި ހުރި 5 ލެޕްޓޮޕް ކަމަށެވެ.
މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތް މިވަގުތު ހުރީ މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށް ޝިފާން ވިދާޅުވި އެވެ.
މީގެ އިތުރުން އެޗްޑީސީގެ އިތުރު ލެޕްޓޮޕްތަކެއް ގެއްލިފައިވާކަމަށްވެސް ސޯޝަލް މީޑިއާގައި ދަނީ ފެތުރެމުންނެވެ. ނަމަވެސް އެފަދަ ރިޕޯޓެއް އަދި ލިބިފައިނުވާކަމަށް ޝިފާން ވަނީ ވިދާޅުވެފަ އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝިފާން އެޗްޑީސީ ހިޔާނަތް ދިވެހި ފުލުހުންގެ ޚިދުމަތް