ދަރުބާރުގޭ އިރުން އޮތް ބިން ވެސް ޕާރްކިންޒޯން އަކަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

ދަރުބާރުގޭ އިރުން އޮތް ބިން ޕާކިންގ ޒޯނަކަށް ބަދަލުކޮށްފި އެވެ.

ޖަވިޔަނިއަށް މަޢުލޫމާތު ދެއްވަމުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މީޑިއާ އޮފިސަރު ވިދާޅުވި ގޮތުގައި، މި ސަރަހައްދުގައި ޕާކިންގ ޒޯނެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ އާރުޑީސީއާއި ސަރުކާރުގެ އެހެނިހެން އެސްއޯއީތަކާ ގުޅިގެންނެވެ. އަދި އެ ސަރަހައްދު ޕާކިން ޒޯނަކަށް ބަދަލުކުރަނީ ދަރުބާރުގެޔަށް ބަދަލުކުރި ތިން މިނިސްޓްރީގެ މުވައްޒިފުންގެ ވެހިކަލްތައްް ޕާކް ކުރުމަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މި މަހުގެ 12 ވަނަ ދުވަހު މ. ގްރީން ބިލްޑިން ރޯވެ، އަނދާ ހުލިވުމާއި ގުޅިގެން އެ ބިލްޑިންގައި ހިންގަމުންދިޔަ ތިން މިނިސްޓްރީގެ މަސައްކަތް ބަދަލުކުރީ ދަރުބާރުގެޔަށެވެ. އެއީ ހައުސިން މިނިސްޓްރީއާ، ކޮންސްޓްރަކްޝަން މިނިސްޓްރީއާ، އެންވަޔަރަމެންޓް މިނިސްޓްރީ އެވެ.

މިނިސްޓްރީތަކުގެ މަސައްކަތް ދަރުބާރު ގެޔަށް ބަދަލުކުރުމާއެކު، އަމީނީ މަގުގައި ގިނަ ވެހިކަލްތަކެއް ޕާކްކޮށް، އެ ސަރަހައްދުގެ ޓްރެފިކް ވަނީ ވަރަށް ބޮޑުވެފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި ސަރުކާރުގެ ވިސްނުމަކީ އެ މިނިސްޓްރީތައް ހިންގާނެ ދާއިމީ އިމާރާތެއް ލިބެންދެން، މިނިސްޓްރީތަކުގެ މަސައްކަތް ދަރުބާރުގޭގައި ކުރިއަށްގެންދިއުމަށެވެ. އަދި މިނިސްޓްރީތަކުގެ މަސައްކަތްތައް ކުރުމަށް ކުއްޔަށް އިމާރާތެއް ނުނަގާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.

ދަރުބާރުގޭގެ އިރަށް އޮތް ބިމަކީ ސިޓީ ކައުންސިލުން މީގެ ކުރިން ޕާކަކާއި، އައުޓްޑޯ ޖިމެއް ތަރައްޤީކުރުމަށް ނިންމި ބިމެކެވެ. އަދި އެތަން ތަރައްޤީކުރުމަށްޓަކައި، އެ ބިމުގައި އޮތް ރުއްގަނޑާއި، ގަސްތައްވެސް ސިޓީ ކައުންސިލުން ނެގި އެވެ. އެ ރުއްތަކާއި ގަސްތައް ކެނޑުމުގެ ސަބަބުން އަމާޒުވި ފާޑުކިޔުންތަކުގެ ސަބަބުން ސިޓީ ކައުންސިލުން އެ ބިމުގައި ރުއްތަކެއްވެސް އިންދި އެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) މާލެ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ