ހައުސިން މިނިސްޓްރީއާ ކޮންސްޓްރަކްޝަން މިނިސްޓްރީ ހިންގަމުންދިޔަ އިމާރާތުގައި ރޯވެ، އަނދާ ހުލިވުމާ ގުޅިގެން އެ މިނިސްޓްރީތަކުގެ މަސައްކަތްތައް ދަރުބާރުގެއަށް ބަދަލުކުރުމަށް ނިންމައިފި އެވެ.
މި ހާދިސާގައި ހައުސިންގ މިނިސްޓްރީގެ އިތުރުން ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަންމަންޓް މިނިސްޓްރީގެ ”ގްރީން ބިލްޑިންގ“ އަށްވެސް ވަނީ ގެއްލުން ލިބިފަ އެވެ. މި ތިން މިނިސްޓްރީން ދެމުންގެންދިޔަ ގިނަ ޚިދުމަތްތަކެއް ވަނީ މިހާރު ހުއްޓިފައެވެ.
ހައުސިންގ މިނިސްޓްރީން މީޑިއާތަކަށް މަޢުލޫމާތު ދީފައިވާ ގޮތުގައި، އަލިފާނުގެ ހާދިސާގައި އަނދައި ހުލިވި އޮފީސްތަކުގެ މަސައްކަތްތައް ވަގުތީގޮތުން ދަރުބާރުގޭގައި ކުރިއަށް ގެންދިއުމުގެ އިންތިޒާމުތައް މިހާރު ދަނީ ހަމަޖައްސަމުންނެވެ.
މި ހާދިސާގައި މާލެ ސިޓީ ކައުންސިލްގެ ބައެއް ޚިދުމަތްތަކަށްވެސް ވަނީ އަސަރުކޮށްފަ އެވެ. ކައުންސިލުން ބުނެފައިވާ ގޮތުގައި، އެ ޚިދުމަތްތައް ފޯރުކޮށްދިނުން ވަނީ ހުޅުމާލެއަށް ބަދަލުކޮށްފަ އެވެ.
އަމީނީމަގަށްވާ ގޮތަށް މާފަންނުކޮޅުގައި ހުންނަ މި އިމާރާތަކީ ލަކުޑި އަދި ޓިނުން ހަދާފައިވާ ދުވަސްވީ އިމާރާތެކެވެ. އަލިފާން ރޯވިތާ ދެ ގަޑިއިރުގެ ތެރޭގައި މުޅި އިމާރާތް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައި، އެއްކޮށް ވެއްޓި ބިމަށް ތިރިވެފަ އެވެ.
މި ހާދިސާއާ ގުޅިގެން ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅަމުންދާއިރު، ރައްޔިތުންނަށް ދެމުންގެންދިޔަ މުހިންމު ޚިދުމަތްތައް ވީ އެންމެ އަވަހަކަށް އަލުން ފެށުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.
ހައުސިން މިނިސްޓްރީ ހައުސިން މިނިސްޓްރީގައި ރޯވެ، އެނދުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް