މަޖިލީހުގެ ރައީސް މަސްވެރިންގެ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، މިއަދު ފާހަގަކުރަމުންދާ މަސްވެރިންގެ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފި އެވެ.

މަޖިލީހުގެ ރައީސް ކުރެއްވި ޕޯސްޓުގައި ވަނީ ރާއްޖޭގެ ފަހުރުވެރި މަސްވެރިންގެ ދުވަހުގެ ހެޔޮއެދުންތައް، ރާއްޖޭގެ ހީވާގި މަސްވެރިންނާއި، މަސްވެރި އާއިލާތަކާއި، އޮޑިވެރީންނާއި، މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކަށް އަރިސް ކުރައްވާފަ އެވެ.

މަސްވެރީންގެ ހައްގުތައް ހިމާޔަތްކޮށް، އަތްވާއި ވާރޭގައި، ދުވާލާއި ރޭގަނޑު، ބިޔަ ކަނޑުތަކުގައި ،ދިވެހި މަސްވެރިން ކުރާ ހިންމަތުގެ އަގު އިހުތިރާމާ އެކު ވަޒަންކުރުމަކީ ގައުމީ ވާޖިބެއް ކަމަށް ވިދާޅުވެ، ދިވެހި މަސްވެރީންބާނާ މަހަށް 48 ގަޑި އިރު ތެރޭ ފައިސާ ދެވޭނޭ މަގު ފަހިކޮށްދެއްވި ރައީސުލް ޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒަށް މަޖިލީސް ރައީސް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. 

މަސްވެރިންގެ ދުވަހަކީ ކޮންމެ އަހަރެއްގެ ޑިސެމްބަރ 10 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ. މި ދުވަހަކީ ދިވެހި މަސްވެރިންގެ އަގުވަޒަންކޮށް، އެ ފަރާތްތަކުގެ ހިތްވަރާއި ކެތްތެރިކަން ފާހަގަކުރާ ދުވަހެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މަސްވެރިންގެ ދުވަހާ ދިމާކޮށް އެމަނިކުފާނު މަސްވެރިންނަށް ވެވަޑައިގެންނެވި ވަރަށް ބޮޑު ވައުދުފުޅެއްވެސް ފުއްދަވާފަ އެވެ. އެގޮތުން މަސްވެރިން މަސް ކިރާތާ 48 ގަޑި ިއރު ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމު މިއަދުން ފެށިގެން ހަމަޖައްސަވާފައިވާނެކަމަށް ރައީސް މުއިއްޒު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސްވެރިންގެ ދުވަސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ