ޖަޕާނުން ހޮޅުދޫ ކައުންސިލަށް އިންސިނަރޭޓާ ހަވާލުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ޖަޕާނުން ހިންގާ ގްރާންޓް އެސިސްޓެންސް ފޯ ގްރާސްރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓްސް (ޖީޖީޕީ) ގެ ދަށުން އެންމެ ޒަމާނީ އިންސިނެރޭޓަރެއް ހޮޅުދޫ ކައުންސިލާ ރަސްމީކޮށް ހަވާލުކޮށްފި އެވެ.

ހޮޅުދޫ ކައުންސިލްގެ ރައީސް ރިލްވާން މުޙައްމަދަށް އިންސިނެރޭޓަރ ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު  ޓަކެއުޗީ މިޑޯރީ އެވެ. މި ކަމަކީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ރާއްޖޭގައި ހުންނަ ޖަޕާނުގެ އެމްބަސީއާއި ހޮޅުދޫ ކައުންސިލާ ދެމެދު ގްރާންޓް އެގްރީމަންޓެއްގައި ސޮއިކުރުމާ ގުޅިގެން ޖަޕާނުން ދިން އެހީއެކެވެ.

301،755 ޑޮލަރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ ދަށުން ޖަޕާނުގެ އޮކިނާވާގައި ހުންނަ ތޯމަސް ޓެކްނިކަލް އިންސްޓިޓިއުޓް ކޯ ލިމިޓެޑުން އެޑްވާންސް އިންސިނެރޭޓަރު ހޯދުމުގެ ފުރުސަތު  ލިބުނެވެ. މި އިންސިނަރޭޓަރުގައި ޕްލާސްޓިކް، ބަދިގެ ކުނި، މެޑިކަލް ކުނި،  ބޭނުންކޮށްފައިވާ ތެޔޮ، ޓައިރު، އަދި ނެޕީ ފަދަ ގިނަ ކުނި ޕްރޮސެސް ކުރުމުގެ ގާބިލްކަން ލިބިފައިވެ އެވެ. އަދި ވިހަ ދުން ޖައްވަށް ބޭރުނުވާ ގޮތަށާއި ހަރަދު ކުޑަ ގޮތެއްގައި ކުނި ނައްތާލެވޭނެ އެވެ.

މި ޙަރަކާތުގެ މަޤްޞަދަކީ، ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމުގެ ފުޅާ އަމާޒާ އެއްގޮތަށް، ރަށުގައި ކުނި މެނޭޖްކުރުމުގެ އުސޫލުތައް ރަނގަޅު ކުރުމަށް ހޮޅުދޫ ކައުންސިލުން ކުރަމުންދާ މަސައްކަތްތައް ވަރުގަދަ ކުރުމެވެ.

ޖީޖީޕީ އަކީ ޖަޕާނުގެ އޮފިޝަލް ޑިވެލޮޕްމަންޓް އެސިސްޓެންސް (އޯޑީއޭ) ގެ ބައެކެވެ. 1996 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ހިންގާ ޖީޖީޕީ އަކީ ތައުލީމާއި ތިމާވެށްޓާއި ސިއްހަތާއި ދަތުރުފަތުރާއި ހަކަތަ ފަދަ ދާއިރާތަކުން މަސައްކަތްކުރާ ބައެކެވެ.

އަލަށް ހަވާލުކުރި މި އިންސިނެރޭޓަރުގެ ސަބަބުން ހޮޅުދޫގެ ތިމާވެށީގެ މަސައްކަތްތައް ވަރަށް ބޮޑަށް ކުރިއަރުވައި، ކުނި ނައްތާލުމުގެ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދެވޭނެ ކަމަށް ބެލެވެ އެވެ.

ނ. ހޮޅުދޫ ރާއްޖެ - ޖަޕާން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ