ކާރިސާތަކަށް ތައްޔާރުވުމަށް ޖައިކާއިން ރާއްޖެއަށް 10 މިލިއަން ޑޮލަރުގެ އެހީ ދޭން ނިންމައިފި

Advertisement

އެންމެ ފަސް

Advertisement

ޖަޕާނުން ރާއްޖެއަށް ގާތްގަނޑަކަށް 10.5 މިލިއަން ޑޮލަރު ހިލޭ އެހީގެ ގޮތުގައި ދިނުމުގެ އެއްބަސްވުމެއްގައި ދިވެހި ސަރުކާރާއި ޖަޕާން އިންޓަނޭޝަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އިން ސޮއިކޮށްފި އެވެ.

ޖަޕާނުން މި އެހީ ދެނީ، މާލެއަށް ކުރިމަތިވާ ކާރިސާތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ތައްޔާރުވުމަށް ހިންގާ ’މާލެ އައިލެންޑް ޑިޒާސްޓާ ރެޒިލިއެންސް އެންހާންސްމެންޓް ޕްރޮޖެކްޓް’ގެ އިމާރާތްކުރުމުގެ މަރުހަލާއަށެވެ.

މި އެއްބަސްވުމަކީ މިދިޔަ މަހު 26ގައި  ޖަޕާނު ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރި އެކްސްޗޭންޖް އޮފް ނޯޓްސްގެ ދަށުން ހެދި އެއްބަސްވުމެކެވެ. މި އެހީގެ ދަށުން މާލޭގެ ކަނޑުތޮށި ވަރުގަދަކޮށް، ވާރޭ ފެން ހިންދުމަށް ބޭނުންވާ އާލާތްތައް ހޯދައި އުދަ އާއި ބޯކޮށް ވެހޭ ވާރެއިން ކުރިމަތިވާ ނުރައްކާތައް ކުޑަކުރެވޭނެ އެވެ.

މި މަޝްރޫއުގެ މަގްސަދަކީ މާލޭގައި ކާރިސާތަކަށް ތައްޔާރުވުން ހަރުދަނާކޮށް، ދިރިއުޅުމާއި އިގްތިސާދީ ހަރަކާތްތަކާއި މުޖުތަމައުގެ ރައްކާތެރިކަން ހަރުދަނާކުރުމެވެ.

އިއްޔެ ސޮއިކުރި މި އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ، އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން މިރާސް އެވެ. އަދި ޖައިކާގެ ފަރާތުން ސޮއިކުރެއްވީ ޖައިކާގެ ރާއްޖެ އޮފީހުގެ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް ޓަކި މޮޓޮއޯ އެވެ.

ރާއްޖެ - ޖަޕާން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ