32 ލިފްޓް ހަރު ކުރަން 18 މިލިއަން ޑޮލަރު ހޭދަވޭ: އެޗްޑީސީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓް ހަރުކުރުމަށް 18 މިލިއަން ޑޮލަރު (277 މިލިއަން ރުފިޔާ) ހޭދަވާ ވާހަކައަކީ ތެދެއްކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވާ ހަނދިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ފަޒުލް ރަޝީދު ވިދާޅުވީ، ހިޔާގެ 16 ޓަވަރުގައި 32 ލިފްޓު ހަރުކުރުމަށް 18 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށެވެ.

އާދެ ތެދު ހަބަރެއް، 18 މިލިއަން ކޮންމެވެސް ޑޮލަރު، އެއީ އެންމެ ލިފްޓެއް ނޫން، އެއީ ގާތްގަނޑަކަށް ދަންނަވާ ކަމުގައިވާ ނަމަ، ހިޔާގެ ހުރިހާ ލިފްޓްތަކެއްގެ އަގު. އެއީ 32 ލިފްޓް.

ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓުތައް ހަރުކުރުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމަނައިގެން މި އަހަރަށް ފާސްކުރި ބަޖެޓުގައި ޖަހައިގެން ކުރަން ފެށި މަސައްކަތެކެވެ. މި މަސައްކަތް ކުރުމަށް މިދިޔަ ފެބްރުއަރީގައި ޗައިނާގެ ޝަންޔަންގް ޔުއާންޑާ އިންޓެލެކްޗުއަލް ގުރޫޕާ ހަވާލުކޮށްފައިވެ އެވެ.

އެޗްޑީސީން ކުރިން ބުނެފައިވާ ގޮތުގައި އަންނަ އަހަރުގެ ތެރޭގައި މި މަސައްކަތް ނިމި، އަލަށް ހަރުކުރާ ލިފްޓުތައް ބޭނުންކުރެވެން ފެށޭނެއެވެ. ނަމަވެސް ރައީސް މުޙައްމަދު މުއިއްޒުގެ އަމާޒަކީ އެއަށްވުރެ ކުރިން މި މަސައްކަތް ނިންމާލުމެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހިޔާ ފްލެޓް ހުޅުމާލެ ފޭސް 2 ރައްޔިތުންގެ މަޖިލިސް މާލިއްޔަތު ކޮމެޓީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ