އައިބީއެމް އިން ރެހެންދީ ސްކޫލްގެ އެންވަޔަރަންމެންޓް ކުލަބަށް ބޮޓަލް ކެޕްސް ހަދިޔާކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އައިލެންޑް ބެވްރޭޖް މޯލްޑިވްސްިވްސް (އައިބީއެމް) އިން ރެހެންދީ ސްކޫލްގެ ފެހިމަލަ (އެންވަޔަރަންމެންޓް) ކްލަބްއަށް ބޮޓަލް ކެޕްސް މިއަދު ހެނދުނު ހަދިޔާކޮށްފި އެވެ.

މި ބޮޓަލް ކެޕްސް ހަދިޔާކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ، މިއަދު ހެނދުނު ރެހެންދީ ސްކޫލްގަ އެވެ.

މި ހަދިޔާއަކީ ރެހެންދީ ސްކޫލްގެ ގްރޭޑް 9 އަދި 10 ގެ ދަރިވަރުން އިސްނަގައިގެން ’ބޮޓެލް ކެޕްސް ޑުރައިވް‘ ގެ ނަމުގައި ކުރިޔަށް ގެންދާ ޕްރޮޖެކްޓަކަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މި ޕްރޮޖެކްޓަކީ ރެހެންދީ ސްކޫލްގެ ’ފެހި މަދަރުސާ‘ ޕްރޮގްރާމްގެ ދަށުން ހިންގާ ވޭސްޓް ތީމްގެ ދިގު މުއްދަތުގެ މަޝްރޫޢެކެވެ.

އައިބީއެމް އިން ރެހެންދީ ސްކޫލްގެ އެންވަޔަރަންމެންޓް ކުލަބަށް ބޮޓަލް ކެޕްސް ހަދިޔާކުރުން — ފޮޓޯ: މުހައްމަދު އަލާއު / ޖަވިޔަނި

ރެހެންދީ ސްކޫލުން ބުނީ، މި ޕްރޮޖެކްޓްގެ މައިގަނޑު މަޤްޞަދަކީ ޕްލާސްޓިކް އަލުން ބޭނުންކުރެވިދާނެ ގޮތްތައް ދަރިވަރުންނަށް ދައްކައިދިނުން ކަމަށެވެ. އަދި ބޮޓަލް ކެޕްސްއަކީ ކުނީގެ ގޮތުގައި އުކާލެވޭ އެއްޗަކަށް ވިޔަސް، އެއިން ރީތި އަދި ބޭނުންތެރި ތަކެތި އުފެއްދިދާނެކަން ދަރިވަރުންނަށް ދަސްކޮށްދިނުމަށް މި މަޝްރޫޢު މަގުފަހިކޮށްދޭނެ ކަމަށްވެސް އެ ސްކޫލުން ފާހަގަކުރިއެވެ.

މި މަޝްރޫޢުގެ ސަބަބުން ތިމާވެށި ހިމާޔަތްކުރުމުގެ މުހިންމުކަން ދަރިވަރުންނަށް އަންގައިދިނުމާއެކު، ޕްލާސްޓިކް ކުނި މަދުކުރުމަށް އެހީތެރިވެދޭނެ ކަމަށް ބެލެވެ އެވެ. އައިބީއެމްގެ މި ހަދިޔާއަކީ ތިމާވެށި ރައްކާތެރިކުރުމަށް ކުންފުނިތަކުން ކުރާ މަސައްކަތުގެ ރަމްޒެއްގެ ގޮތުގައިވެސް ފާހަގަކުރެވެ އެވެ.

އައިލެންޑް ބެވަރޭޖް މޯލްޑިވްސް މުޙައްމަދު ޖިނާން ޖަލީލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ