ގަވައިދު ބަދަލެއް ނުކުރާނަން، ޖެހޭނީ 500 ޑޮލަރު މާރު ކުރަން: ރައީސް މުއިއްޒު

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖެއަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ އަތުން 500 ޑޮލަރު ރާއްޖޭގެ ބޭންކުތަކަށް މާރު ކުރަން ޖެހޭ ގޮތަށް އެމްއެމްއޭއިން ހަދާފައިވާ ގަވައިދު ބަދަލެއް ނުކުރައްވާނެ ކަމަށާއި އަންނަ ޖެނުއަރީން ފެށިގެން އެ ގަވައިދާ އެއްގޮތަށް 500 ޑޮލަރު މާރު ކުރަން ޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ސަރުކާރަށް އެއް އަހަރު ފުރުމުގެ މުނާސަބަތު ފާހަގަ ކުރުމުގެ ގޮތުން ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ 500 ޑޮލަރު މާރު ކުރަން ޖެހޭނެ ކަމަށާއި ގަވައިދަށް ތަބާވުމަކީ އެންމެންގެ މައްޗަށް ލާޒިމު ކަމެއް ކަމަށެވެ.

ނުކުރާނަން ބަދަލެއް. ވަރަށް ސާފުކޮށް މި ދެންނެވީ ގަވާއިދު ބަދަލެއް ނުކުރާނަމޭ. ވަރަށް ސާފުކޮށް މި ދެންނެވީ ގަވާއިދު ބަދަލެއް ނުކުރާނަމޭ. 500 ޑޮލަރު މާރުކުރަން ޖެހިވަޑައިގަންނަވާނޭ. ގަވާއިދަށް ތަބާވުމަކީ އެންމެންގެ މައްޗަށް ލާޒިމު ކަމެކޭ.

މިއީ ގާނޫނު އަސާސީއާއި ގާނޫނުތަކާއި އެއްގޮތަށް ކުރާ ކަމެއްކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިކަން އިތުރަށް ތަމްފީޒު ކުރުމަށް އެމްއެމްއޭއަށް އިތުރަށް ފަސޭހަކޮށްދިނުމަށް އެކަމަށް ހާއްސަ ގާނޫނެއްވެސް މަޖިލީހުން ފާސްކޮށްދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ސަރުކާރު އޮންނާނީ 100 އިންސައްތަ ރައްޔިތުންނާ އެކުގައި ކަމަށާއި އެކަމުގައި އެއްވެސް ސުވާލެއް ނޯންނާނެ ކަމަށެވެ.

އެމްއެމްއޭގެ މި ގަވައިދާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގެ ބައެއް ބޭފުޅުން އަންނަނީ އެކަމާ ދެކޮޅު ހަދަމުންނެވެ. ނަމަވެސް ސަރުކާރުން އޮތީ މިކަމަށް ދޫ ދޭ ގޮތަކަށް ނޫންކަން މިރޭ ރައީސް މުއިއްޒު ވަނީ ސާބިތުކޮށްދެއްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހިންގެރާއްޖެ365

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ