ކޫއްޑޫގައި 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް އެޅުމަށް ހަވާލުކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ގއ. ކޫއްޑޫގައި 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް އެޅުމަށް ބޭރުގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

މި މަޝްރޫޢު ހަވާލުކޮށްފައިވަނީ މިއަދު ބޭއްވުނު ރަސްމިއްޔާތެއްގައި ލަކީ ގްރޯބަލް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑަށެވެ.

މަޝްރޫޢުގެ އެއްބަސްވުމުގައި މަސްވެރިކަމުގެ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އަހުމަދު ޝިޔާމެވެ. އަދި ލަކީ ގްރޯބަލް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަޝިޝް އޮބްރޯއީ އެވެ.

ފިޝަރީޒް މިނިސްޓްރީން މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މި މަޝްރޫޢުގެ އަގަކީ 6.6 މިލިއަން ޑޮލަރެވެ. މަޝްރޫޢުގެ ފައިސާ ހަމަޖައްސާފައިވަނީ ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ތެރެއިން ނެވެ.

މަސްވެރިކަމުގެ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މަސްވެރިން ބާނާ މަހަށް ބޭރު މާކެޓްތަކުގައި ލިބޭ އަގު ބިނާވަނީ މަހުގެ ތާޒާކަމާއި ކޮލިޓީއަށެވެ. އެހެންކަމުން، މަހުގެ ކޮލިޓީ ދެމެހެއްޓުމަށްޓަކައި މަސްވެރިން ބާނާ މަސް ކިރުވެންދެން ތާޒާކޮށް ބެހެއްޓުމަށް ދޯނިތަކުގައި މަސް ފިނިކުރެވޭނެ ނިޒާމް، ރެފްރިޖިރޭޓެޑް ސީވޯޓަރ ސިސްޓަމްތައް ގާއިމުކުރުމަށް މަސްވެރި ވުޒާރާއިން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

މީގެ އިތުރުން، މަސްކިރާ ބަނދަރަށް ތާޒާކޮށް ގެންނަ މަސް ފިނިކޮށް ރައްކާކުރާނެ ކޯލްޑް ސްޓޯރޭޖްތައް އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި މަސްވެރި ސިނާޢަތުގައި އިޤްތިޞާދީ ނަފާ އިތުރުކުރުމަކީވެސް ރައީސުލްޖުމްހޫރިއްޔާގެ ވަރަށް މުހިންމު ސިޔާސަތެކެވެ.

ރާއްޖޭގައި މިވަގުތު ހުރި 8500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ ދެގުނަކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދެކެވެ. އަދި ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ މިހާރު ހުރި ކެޕޭސިޓީ ތިން ގުނަ އިތުރުކޮށް ފަންސަވީސް ހާސް ޓަނަށް އިތުރުކުރުމަށެވެ.

މި މަޝްރޫޢާއެކު، މަސްވެރިކަމުގެ ދާއިރާގައި ކުރިއެރުންތަކެއް ލިބި، މަސްވެރިންނަށް އިތުރު ފައިދާތަކެއް ކުރާނެކަމަށް އުންމީދުކުރެވެ އެވެ.

މަސްވެރިކަން މިނިސްޓަރު އަހްމަދު ޝިޔާމް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް ގއ. ކޫއްޑޫ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ