8 ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް ފަނޑިޔާރުން ހޯދަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު އިއުލާންކޮށްފި އެވެ.
ޖޭއެސްސީ އިން މިއަދު ’އެކްސް‘ ގައި ކުރި އިއުލާނެއްގައި ފަނޑިޔާރުން ހޯދަން އިއުލާން ކޮށްފައި ވަނީ:
- ހއ. ބާރަށް މެޖިސްޓްރޭޓް ކޯޓު
- ނ. މާފަރު މެޖިސްޓްރޭޓް ކޯޓު
- ބ. ކެންދޫ މެޖިސްޓްރޭޓް ކޯޓު
- ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓު
- ކ. މާފުށި މެޖިސްޓްރޭޓް ކޯޓު
- ކ. ކާށިދޫ މެޖިސްޓްރޭޓް ކޯޓު
- ލ. މާވަށް މެޖިސްޓްރޭޓް ކޯޓް
- ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓު
ޖޭއެސްސީ އިން ކުރި އިއުލާނުގައި ބުނެފައި ވަނީ، ފަނޑިޔާރުންގެ އަސާސީ މުސާރައެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 26،350.00ރ ކަމަށެވެ. އޭގެ ތެރެއިން ލިވިންގް އެލަވަންސްގެ ގޮތުގައި 12,000.00ރ ލިބޭއިރު، ރިސްކް އެލަވަންސްގެ ގޮތުގައި ލިބެނީ 1,650.00ރ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން ފޯނު އެލަވަންސް އާއި މެޑިކަލް އިންޝުއަރަންސް ލިބޭނެ ކަމަށްވެސް އިއުލާނުގައި ބުނެފައިވެ އެވެ.
ފަނޑިޔާރުކަމަށް އެދި ފޯމު ހުށަހެޅުމަށް ހުޅުވާލާފައިވަނީ އަންނަ ނޮވެންބަރު މަހުގެ 20 ވަނަ ދުވަހުގެ 12:00 ގެ ކުރިން ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށެވެ.