ސިނގިރޭޓުގެ ޑިއުޓީ 8 ރުފިޔާއަށް ބަދަލުކުރަން އުޅޭތީ ގަޕޯގެ ނުރުހުން

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖެއަށް އެތެރެ ކުރާ ކޮންމެ ސިނގެރޭޓަކުން 8 ރުފިޔާގެ ޑިއުޓީއެއް ނަގަން ހުށަހެޅުމުން އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ) ނުރުހުން ފާޅުކޮށްފި އެވެ.

ގަޕޯ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގަޕޯ ވިދާޅުވީ، ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރާކަށް ދެކޮޅެއް ނޫން ކަމަށާއި، އެހެންނަމަވެސް، 8 ރުފިޔާއައް ބޮޑުކުރަން ކަނޑައެޅިގެން ދެކޮޅުކަ މަށެވެ.

ދައުލަތަށް އާމްދަނީވެސް އިތުރުކުރަން ޖެހޭނެ ކަމަށާއި، އެހެންނަމަވެސް ރައްޔިތުންނާއި ހަވާލުކުރަންޖެހޭނީ ރައްޔިތުންނަށްް އުފުލޭވަރުގެ ބުރައެއް ކަމަށްވެސް ގަޕޯ ވިދާޅުވި އެވެ.

”ކުރީ 3 ރުފިޔާއައް ހުުރި ސިންގިރޭޓަކުން 3 ރުފިޔާ 8 ރުފިޔާއަށް ބަދަލުވެގެން ދިޔައީމާ، އަދި ސިނގިރޭޓުގެ ޑިއުޓީ 50 އިންސައްތަ ބޮޑުވެގެން ދިއުމުން 270 އިންސައްތައައް ޑިއުޓީ ބޮޑުވެގެން އެބަދޭ. މީ އަޅުގަނޑުމެން ހަމަ ވިސްނާލަންޖެހޭ ކަަމެއް.“

ރާއްޖޭގައި މިހާރު ވޭޕް މަނާާކުރަމުންދާއިރު ރާއްޖޭގައި މިކަމަށް ފުޅާދާއިރާއެއްގައި އިންވެސްޓް ކޮށްފައިތިބި ފަރާތްތަށް އެބަތިބި ކަމަށާއި، މިކަން މިގޮތަށް ހެދުމުން އެބޭފުޅުންނަށް މީގެ ބަދަލުދޭނެތޯވެސް ވިސްނާލަން ޖެހޭކަމަށް ގަޕޯ ވިދާޅުވި އެވެ.

ގަޕޯ ވިދާޅުވީ ރާއްޖެއަކީ މިނިވަން ވިޔަފާރިކުރާ ގައުމެއް ކަމަށާއި، އެހެންކަމުން ދިވެހިން މަސައްކަތް ކުރަންޖެހޭނީ މިނިވަން ވިޔަފާރީގެ ސިނާއަތުގައި ކަމަށެވެ. އަދި މިކަންކަމަކީ ސުވާލު އުފެދޭ ކަންކަން ކަމަށެވެ.

”ރާއްޖެ އަންނަ ޓުވަރިސްޓުންގެ 60 ޕަސެންޓް މީހުންނަކީ ވޭޕް ބޭނުންކުރާ މީހުން. އަޅުގަނޑުމެން ވިސްނާލަންޖެހޭނެ އެބޭފުޅުންނަށް އެ ބޭނުންކުރެވޭނެ ތޯ. މަނާވާ މަނާވުމުގެ ތެރޭގައި އެބޭފުޅުންވެސް ހިމެނިގެންދަނީ ތޯ. މި ހުންނަނީ ހައްތަހާވެސް ކަންކަން ކުރުމުގެ ކުރިން އަޅުގަނޑުމެން ވިސްނަލަންޖެހޭ ކަންކަން.“

ގަޕޯ އިތުރަށް ވިދާޅުވީ، ދުންފަތާއި ވޭޕުން ވާނެ ގެއްލުމާއި ދޭތެރޭ އިންކާރު ނުކުރާ ކަމަށާއި، އެހެންނަމަވެސް މަޖިލީހުގައި ތިބެ ނިންމާ ނިންމުމަކީ ރައްޔިތުންނަށްވެސް އެކަމުގެ ތަކުލީފާއި އުނދަގޫ ކުޑަވާނެ ގޮތަކަށް ހަދަންޖެހޭ ކަމަށެވެ.

ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ރައްޔިތުންގެ މަޖިލިސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ