ރާއްޖޭގެ 2 ސަރަހައްދެއްގައި ”ޑްރަގް އޮފްދަ ރިމާންޑް ސެންޓަރު“ ގާއިމްކޮށްފައިވާ ކަމަށް އެންޑީއޭގެ ޗެޔާޕާސަން ލުބްނާ ޒާހިރު ވިދާޅުވެއްޖެ އެވެ.
ލުބްނާ މިހެން ވިދާޅުވީ، މިއަދު ފުލުހުންގެ ހިދުމަތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ލުބްނާ ވިދާޅުވީ، ”ޑްރަގް އޮފްދަ ރިމާންޑް“ ސެންޓަރު ގާއިމްކޮށްފައި ވަނީ ކ. ހިންމަފުށީގައި އަދި ހުޅުމާލޭގައި ކަމަށެވެ.
މި ސެންޓަރުގެ މައިގަނޑު ބޭނުމަކީ މަސްތުވާތަކެތި ނަގާ މީހުން އަދި މަސްތުވާތަކެތި ޕެޑެލްކުރާމީހުން ކުށުގެވެށިން ނެގުމާއި ގުޅިގެން އެމީހުންނަށް ދޭންޖެހޭ ފަރުވާގެ އިންތިޒާމު ހަމަޖައްސާފައި ހުންނަ ސެންޓަރެއް ކަމަށް ލުބުނާ ވިދާޅުވި އެވެ.
”އެ ސެންޓަރުގެ އެންމެ މުހިންމު ކަމަކީ މަސްތުވާތަކެތި ނަގާ މީހުންނަށް ދޭންޖެހޭ ފަރުވާ ވަގުތުން ފެށުމަށްޓަކައި ރިމާންޑް ސެންޓަރެއްގެ އޮޕަރޭޝަންއަކީ ނޭޝަނަލް ޑްރަގް އޭޖެންސީގެ ވިސްނުމުގައިވެސް ވަރަށް މުހިންމު ސެންޓަރެއްގެ ގޮތުގައި އަޅުގަނޑުމެން އައިޑެންޓިފައި ކުރަން“
ލުބްނާ ވިދާޅުވީ، ރިމާންޑް ސެންޓަރެއް އޮޕަރޭޓް ކުރުމުން ދިމާވާ ހާދިސާތަށް މީހުންނާއި ގުޅިގެން ދިމާވެދާނެ އެމަޖެންސީ ހާލަތްތަށް ޑިޓޮކްސް ނުކުރުމުން ދިމާވާނެ ކަންތަށް ބަލާލެވޭނެ ކަމަށެވެ.
މަސްތުވާތަކެތި ނަގާ މީހުން ކުށުގެ ވެށިން ނަގާ ލާނެ މަރުކަޒެއް ހުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށްވެސް ލުބްނާ ވިދާޅުވި އެވެ.
ލުބްނާ އިތުރަށް ވިދާޅުވީ، މެ ސެންޓަރުގެ ބޭނުމަކީ މަސްތުވާތަކެތި ނަގާ މީހުން މުޖުތަމައުގެ ތެރޭގައި ކުއްކުރަމުން އުޅޭ އުޅުން ހުއްޓުވުމަށްޓަކައި ވަރަށް މުހިންމު ކަމެއް ކަަމަށެވެ.
ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ދިވެހި ފުލުހުންގެ ޚިދުމަތް