ފެލިވަރު މަސް ފެކްޓަރީގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ ބޮޑުކުރުމުގެ މަސައްކަތް އަވަސް ކުރުމާ ގުޅޭގޮތުން މިއަދު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގައި މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ އިސްފަރާތްތަކާއި، އިންޑިއަން ހައިކޮމިޝަންގެ ބޭފުޅުންނާއި، އިންޑިއާ އެގްޒިމް ބޭންކުގެ ބޭފުޅުން ކަމަށެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ ފެލިވަރުގައި އަޅާ މަސް ރައްކާކުރާ ފެސިލިޓީގެ މަސައްކަތް އަވަސްކޮށް، މަސްވެރިންނަށް ހިދުމަތް ދިނުން އަވަސް ކުރުމެވެ. މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އުތުރުގައި މަސްވެރިކަން ކުރާ މަސްވެރިން ބާނާ މަސް ގަނެ ރައްކާކުރުމަށް ފަސޭހަވެގެން ދާނެ އެވެ.
ފެލިވަރު މަސް ފެކްޓަރީގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ ބޮޑުކުރުމަށް ހިންގާ މަޝްރޫއުގެ މަސައްކަތް މޮނިޓަރކޮށް، މަސައްކަތް އަވަސް ކުރުމަށް ކުރަންޖެހޭ ކަންތައްތައް ދެނެގަތުމަށް މަސްވެރި ވުޒާރާއާއި އިންޑިއާގެ އެގްޒިމް ބޭންކުގެ ޓެކްނިކަލް ޓީމެއް މިއަހަރުގެ ޖުލައި 17 ވަނަ ދުވަހުވަނީ ފެލިވަރަށް ގޮސްފަ އެވެ.
މަސްވެރިކަން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް