ބީއެމްއެލްގެ ސީއީއޯގެ މަގާމަށް ފުރަތަމަ ފަހަރަށް ދިވެއްސެއް

Advertisement

Advertisement

އެންމެ ފަސް

Advertisement

ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯގެ މަގާމަށް ފުރަތަމަ ފަހަރަށް ދިވެއްސެއް އައްޔަންކުރައްވައިފި ކަމަށް ބީއެމްއެލް އިން އިއުލާންކޮށްފި އެވެ.

ބޭންކް އޮފް މޯލްޑިވްސްގެ އައު ޗީފް އެގްޒެކްޓިވް އޮފިސަރގެ މަގާމަށް މުޙައްމަދު ޝަރީފް އައްޔަންކުރުމަށް ނިންމި ކަމަށް ބޭންކް އިން މިއަދު އިއުލާންކުރި އެވެ. ޝަރީފް މަގާމާ ހަވާލުވެވަޑައިގަންނަވާނީ މާދަމާއިން ފެށިގެން ނެވެ. ބޭންކުގެ މި ނިންމުމާއެކު ޝަރީފް އަކީ ބީއެމްއެލްގެ ފުރަތަމަ ދިވެހި ސީއީއޯ އެވެ. މިއީ ބޭންކަށާއި ރާއްޖޭގެ މާލީ ދާއިރާއަށްވެސް ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމުގައި ބީއެމްއެލް އިން ބުނެފައި ވެއެވެ.

ޝަރީފް އަކީ މާލީ ދާއިރާގައި 25 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. އެގްޒެކްޓިވް އަދި ބޯޑުލެވަލްގައި 7 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާވެސް ހޯއްދަވާފައި ވެއެވެ. ބޭންކް އޮފް މޯލްޑިވްސްގައި މަސައްކަތްކުރެއްވި މުއްދަތުގައި ޝަރީފް ވަނީ ބޭންކުގެ ހިންގުން ޒަމާނީ ކުރުމަށާއި ބޭންކުން ހޯދާފައިވާ ކާމިޔާބީގައި ވަރަށް މުހިއްމު ދައުރެއް އަދާކޮށްދެއްވާފަ އެވެ. މިގޮތުން ޝަރީފް ވަނީ ކޯ-ބޭންކިންގ ސިސްޓަމްތައް ގާއިމުކުރުމާއި، ޑެބިޓް އަދި ކްރެޑިޓް ކާޑު ތައާރަފް ކުރުމާއި، ބޭންކުގެ ހިދުމަތްތައް ޑިޖިޓަލް ކުރުމަށް ކުރެވުނު މަސައްކަތުގެ ދަށުން އިންޓަރނެޓް އަދި މޮބައިލް ބޭންކިންގ، ސެލްފް ސަރވިސް ބޭންކިންގެ އިތުރުން އީކޮމާސް ޕޭމަންޓް ގޭޓްވޭ ތައާރަފްކުރުމުގައި އިސް ދައުރެއް އަދާކުރައްވާފަ އެވެ. މި ހިދުމަތްތަކާއެކު ބޭންކުގެ މާލީ ހަލާތު ހަރުދަނާވެ، ހިދުމަތުގެ ފެންވަރު ރަނގަޅުވެ ޑިޖިޓަލް ހިދުމަތްތައް ފުޅާކުރުމަށް މަގުފަހިވެގެން ދިޔަ އެވެ.

ބޭންކަށް ހިދުމަތްކުރެއްވި މުއްދަތުގައި ޝަރީފް ވަނީ ބޭންކުގެ ސްޓްރެޓެޖީ ހާސިލްކުރުމަށް ކުރެވުނު މުހިންމު މަސައްކަތުގެ އިސް މޭސްތިރިއެއްގެ ދައުރު އަދާކުރައްވާފަ އެވެ. މިގޮތުން ބޭންކުގެ މުހިންމު ޑިޕާޓްމަންތަކެއް ކަމަށްވާ އިސްލާމިކް ބޭންކިންގ، ޓެކްނޮލޮޖީ، މާކެޓިންގ، ރީޓެއިލް ބޭންކިންގ އަދި އޮޕްރޭޝަންސް ހިންގެވުމުގައި އިސް ދައުރެއް އަދާކުރައްވާފައި ވެއެވެ.

ޝަރީފް ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް މެންޗެސްޓަރ އިން މާލީ ދާއިރާގެ ރޮނގުން އެމްބީއޭ ހާސިލްކުރައްވާފަ އެވެ. މީގެ އިތުރުން ލަންޑަން ބިޒްނަސް ސްކޫލް އިން ސީއީއޯ އިންނާއި ސީނިއަރ އެގްޒެކްޓިވުންނަށް ފަރުމާކޮށްފައިވާ ’ސީނިއަރ އެގްޒެކްޓިވް ޕްރޮގްރާމް‘ ފުރިހަމަ ކުރައްވާފަ އެވެ. ޝަރީފް ވަނީ 2018 އިން 2020 އަށް އޭޝިއަން ބޭންކަރސް އެސޯސިއޭޝަންގެ ވައިސް ޗެއަރމަންގެ މަގާމް އަދާކުރައްވާފަ އެވެ.

ބީއެމްއެލް އިން ވަކިވެވަޑައިގަތުމަށްފަހު ޝަރީފް ވަނީ އެގްޒެކްޓިވް މަގާމުތަކާއި ކޮންސަލްޓެންޓެއްގެ ގޮތުގައި ޕްރައިވެޓް ސެކްޓަރގައި މަސައްކަތްކުރައްވާފަ އެވެ.

ބީއެމްއެލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ