ރާއްޖޭގެ ތާރީޚުގައި އެންމެ ބޮޑު އިންޤިލާބީ ބަދަލު އައީ އިސްލާމްވި ދުވަހު: ވަޒީރު އާދަމް ނަޞީރު

Advertisement

Advertisement

އެންމެ ފަސް

Advertisement

ދިވެހިރާއްޖޭގެ ތާރީޚުގައި އެންމެ ބޮޑު އިންޤިލާބީ ބަދަލެއް އައި ދުވަހަކީ ރާއްޖެ އިސްލާމްވި ދުވަސް ކަމުގައި ދިވެހި ބަހާއި ތާރީޚާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ވަޒީރު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބޭއްވުނު ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފފުޅުގަ އެވެ. މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އާދަމް ނަޞީރު ވިދާޅުވީ ރާއްޖެއަށް އިސްލާމްދީނުގެ ހިދާޔަތު ލިބުމަކީ ވަރަށް ބޮޑު ހެޔޮ ނަސީބެއް ކަމުގަ އެވެ.

”އެއީ ދިވެހިންގެ ރޫޙާނީ ވެށި ބަދަލުކޮށްލި ދުވަސް. ދިވެހިންގެ ތަމައްދުނާއި ތަހުޒީބު އިޞްލާޙު ކުރެއްވި ދުވަސް. ދިވެހިންގެ ދިރިއުޅުމުގެ ހުރިހާ ކަމެއް އެންމެ ހެޔޮ މަގަށް އެނބުރިގެންދިޔަ ދުވަސް. ދިވެހިންގެ ދެ ދުނިޔޭގެ ސަލާމަތް ކަށަވަރުވެގެންދިޔަ ދުވަސް،“ ވަޒީރު ވިދާޅުވިއެވެ.

އާދަމް ނަޞީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ތާރީޚަށް ބަލާއިރު، އިލްމުވެރިކަމާއި ލިޔެވިފައިވާ ފޮތްތެރިކަން ފެންނަން ފަށާފައިވަނީ ރާއްޖެ އިސްލާމްވުމަށްފަހު ގައެވެ. އެހެންކަމުން ރާއްޖެ އިސްލާމްވުމަކީ ރާއްޖެއަށް ލިބު ލިބުނު ވަރަށް ބޮޑު ނަސީބެއް ކަމުގައާއި ވަރަށް ބޮޑު ހެޔޮ ބަދަލެއް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހެވެ. ދައުލަތުގެ ތާރީޚީ ލިޔެކިޔުންތަކުން ދައްކާ ގޮތުގައި ދިވެހި ދައުލަތުން އިސްލާމްދީން ޤަބޫލުކުރީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގަ އެވެ. މިހާރު ރާއްޖެ އިސްލާމްވިތާ 800 އަހަރަށްވުރެ ގިނަ ދުވަސްވެފައިވެ އެވެ.

ރާއްޖެ އިސްލާމްވީ ދުވަސް މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ދިވެހި ބަހާއި ސަގާފަތާއި ބެހޭ މިނިސްޓްރީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ