މޯލްޑިވް ގޭހުގެ ވެބްސައިޓް އީކޮމާސް ފީޗާތަކާއެކު އަޕްގްރޭޑްކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވް ގޭސް ކުންފުނިން އެ ކުންފުނީގެ ވެބްސައިޓް އީކޮމާސް ފީޗާތަކާއެކު އަޕްގްރޭޑްކޮށް ލޯންޗްކޮށްފި އެވެ.

މި ވެބްސައިޓް އަޕްގްރޭޑްކޮށް ލޯންޗްކޮށްފައިވަނީ މޯލްޑިވް ގޭހަށް 25 އަހަރު ފުރުމާ ގުޅިގެން ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގަ އެވެ.

މި ރަސްމިއްޔާތުގައި އައު ވެބްސައިޓް ލޯންޗްކުރެއްވީ މޯލްޑިވް ގޭހުގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ މުޙައްމަދެވެ. އަޕްގްރޭޑްކޮށްފައިވާ މި ވެބްސައިޓުގައި ހިމަނާފައިވާ ޚާއްޞަ އީކޮމާސް ފީޗާގެ ސަބަބުން، މޯލްޑިވް ގޭހުން ވިއްކާ އެންމެހާ ޕްރޮޑަކްޓްތައް އެއްތަނަކުން ފަސޭހައިން ބްރައުސްކޮށް ގަނެވޭނެ އެވެ.

މި ވެބްސައިޓް މެދުވެރިކޮށް މިހާރު ގަނެވޭނެ ޕްރޮޑަކްޓްތަކުގެ ތެރޭގައި ކައްކާ ގޭހުގެ އިތުރުން އިންޑަސްޓްރިއަލް އަދި މެޑިކަލް އޮކްސިޖަން، ނައިޓްރަސް އޮކްސައިޑް، އާގަން އަދި ކާބަންޑައިއޮކްސައިޑް ފަދަ ގޭހުގެ އެކި ބާވަތްތައް ހިމެނެ އެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މޯލްޑިވް ގޭހުގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ މުޙައްމަދު ވިދާޅުވީ، ކުންފުނީގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ގިނަ މަޝްރޫޢުތަކެއް ރޭވިފައިވާ ކަމަށެވެ. މީގެ ތެރޭގައި އައު އޮފީސް އިމާރާތެއް އެޅުމާއި، ގޭހާ ގުޅުންހުރި އެކި ވަސީލަތްތައް ވިއްކާނެ ފިހާރައެއް ހުޅުވުމާއި، ކައްކާ ގޭހުގެ ސްޓޯރޭޖް އިތުރުކުރުމާއި، އޭސީއަށް ބޭނުންކުރާ ގޭހުގެ ބާވަތްތައް ބަލްކުކޮށް ރާއްޖެ އެތެރެކުރުން ހިމެނެ އެވެ.

މޯލްޑިވް ގޭހަކީ 1999 ވަނަ އަހަރު ކައްކާ ގޭހުގެ ޚިދުމަތް ދިނުމަށް އުފައްދާފައިވާ ކުންފުންޏެކެވެ. މިއަދު އެ ކުންފުނިން ވަނީ ގޭހުގެ އެކި ބާވަތްތަކުގެ ޚިދުމަތް ފުޅާކޮށް، ޒަމާނީ ޓެކްނޮލޮޖީއާއެކު ކަސްޓަމަރުންނަށް ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން ނެވެ.

މޯލްޑިވްސް ގޭސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ