މޯލްޑިވް ގޭހުގެ ކުރީގެ އެމްޑީ މައުމޫން ދައުވާތަކަށް އިންކާރު ކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކުރި، އަބްދުﷲ މައުމޫނު (މާނު)ގެ މައްޗަށް އުފުލި ދައުވާތަކަށް އޭނާ އިންކާރު ކޮށްފި އެވެ.

މޯލްޑިވް ގޭސްގެ އެމްޑީގެ މަޤާމުގައި ހުރި ދުވަސްވަރު ކޮށްފައިވާ ކަންކަމާ ގުޅިގެން އޭސީސީންވެސް ވަނީ މާނުގެ މައްސަލަ ތަހުގީގުކޮށްފައެވެ. އަދި މާނު އެމްޑީއަކަށް ހުރި ދުވަސްވަރު ބޭރުގެ ކުންފުންޏަކުން ކައްކާ ގޭސް ހޯދުމުގެ މުއާމަލާތުގެ ތެރޭގައި، 3.1 މިލިއަން ރުފިޔާ ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އޭނާގެ މައްޗަށް ވަނީ ރިޝްވަތު ހިފުމުގެ ކުށުގެ 7 ދައުވާއެއް ކޮށްފައެވެ.

އެ ދައުވާތަކުގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވާއިރު ދައުލަތުގެ ވަކީލު މައުމޫންގެ މައްޗަށް ކުރާ ދައްުވާތައް އިއްވުމުން ދިފާއީ ވަކީލުވަނީ އެ ދައުވާތަކަށް މައުމޫން އިންކާރުކުރާ ކަމަށް ބުނެފަ އެވެ.

މިއަދުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ވަނީ ދިފާއީ ހެކި ހުށަހެޅުމަށް ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް ޖެނުއަރީ 26 ގެ ނިޔަލަށް ފުރުސަތު ދެއްވާފަ އެވެ.

މައުމޫންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތަފުސީލު:

  1. ރިޝްވަތު ހިފުމުގެ ދައުވާ 1 ކުރި ސަބަބު: 07 އޭޕްރީލް 2016 ދުވަހު މައުމޫންގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަށް ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއިން 29،941.50 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާތީ އެވެ.
  2. ރިޝްވަތު ހިފުމުގެ ދައުވާ 2 ކުރި ސަބަބު: 14 ޖޫން 2016 ދުވަހު އަބްދުﷲ މައުމޫންގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަށް ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއިން 49،921.50 އެމެރިކާ ޑޮލަރު އާއި 26 ޖޫން 2016 ދުވަހު މައުމޫންއާ ގުޅުން ހުންނަ ކުންފުންޏެއްް ކަމަށްވާ މޮން އާރކް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަކަށް ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއިން 12،201.50 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާތީ އެވެ
  3. ރިޝްވަތު ހިފުމުގެ ދައުވާ 3 ކުރި ސަބަބު: 4 އޮގަސްޓު 2016 ދުވަހު އަބްދުﷲ މައުމޫންއާ ގުޅުން ހުރި ކުންފުންޏެއްް ކަމަށްވާ މޮން އާރކް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއިން 49،949.50 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާތީ އެވެ.
  4. ރިޝްވަތު ހިފުމުގެ ދައުވާ 4 ކުރި ސަބަބު: 09 އޭޕްރީލް 2017 ދުވަހު އަބްދުﷲ މައުމޫންއާ ގުޅުން ހުރި ކުންފުންޏެއްް ކަމަށްވާ އައި ޑިވެލޮޕަރޒް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓަށް ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއިން 24،930 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާތީ އެވެ.
  5. ރިޝްވަތު ހިފުމުގެ ދައުވާ 5 ކުރި ސަބަބު: 31 މޭ 2017 ދުވަހު އަބްދުﷲ މައުމޫންގެ މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓަށް ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއިން 46،555 އެމެރިކާ ޑޮލަރު ޖަމާކުރަން މަސައްކަތް ކޮށްފައިވާތީ އެވެ.
  6. ރިޝްވަތު ހިފުމުގެ ދައުވާ 6 ކުރާ ސަބަބު: 23 އޮގަސްޓު 2017 ދުވަހު އަބްދުﷲ މައުމޫންއާ ގުޅުން ހުރި ކުންފުންޏެއްް ކަމަށްވާ މޮން އާރކް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓަށް ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއިން 49،955 އެމެރިކާ ޑޮލަރު ޖަމާކުރަން މަސައްކަތް ކޮށްފައިވާތީ އެވެ.
  7. ރިޝްވަތު ހިފުމުގެ ދައުވާ 7 ކުރާ ސަބަބު: 08 އޮކްޓޫބަރު 2017 ދުވަހު އަބްދުﷲ މައުމޫންގެ އެއްބަފާބޭބެ ކ.މާލެ، ހ.ހެންވޭރުފެހި އަޙްމަދު ޙަމީދުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް، ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއިން 34،950 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާތީ އެވެ.
ޕީޖީ އޮފީހުން ބުނެފައިވަނީ މި ފައިސާއަކީ މައުމޫން އޭނާ މޯލްޑިވްސް ގޭސްގެ މެނޭޖިންގ ޑިރެކްޓަރުގެ ހައިސިއްޔަތުން މޯލްޑިވްސް ގޭސްއަށް ލިކުއިޑް ޕެޓެރޯލިއަމް ސަޕްލައިކޮށްދިނުމަށް ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއާ ހަވާލުކޮށް އެކަން ކުރިއަށް ގެންދިއުމަށް ނުފޫޒު ފޯރުވުމުގެ މުޤާބިލުގައި ރިޝްވަތުގެ ގޮތުގައި ނަގާފައިވާ ފައިސާ ކަމަށެވެ. މި މުއާމަލާތްތަކާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އަބްދުﷲ މައުމޫނާއި އޭނާއާ ގުޅުންހުރި އެކައުންޓުތަކަށް 298،403.5 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވެއެވެ.

ކްރިމިނަލް ކޯޓު އަބްދުﷲ މައުމޫން މޯލްޑިވްސް ގޭސް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ