ގޭންގްތައް ހަރަކާތްތެރިވާ ސަރަހައްދުތަކުގައި ފުލުހުން ޑިއުޓީ ކުރަން ފަށައިފި

Advertisement

އެންމެ ފަސް

Advertisement

މާލެ އާއި ހުޅުމާލޭގައި ގޭންގްތައް ހަރަކާތްތެރިވާ ސަރަހައްދުތަކުގައި ސްޓެޓިކްކޮށް ފުލުހުން ތިބެގެން ބަލަހައްޓަން ފަށައިފި އެވެ.

މި މަސައްކަތަކީ މާލެ ސަރަހައްދުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ފުލުހުން ފަށާފައިވާ ހާއްސަ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވި ގޮތުގައި މި މަސައްކަތްތަކަކީ ފުލުހުންންގެ ސްޓްރެޓީޖިކް ޕްލޭން 2024-2028 ގައި ކަނޑައެޅިފައިވާ ގޭންގް ކުށްތައް ހުއްޓުވުމުގެ ލަނޑުދަނޑި ހާސިލް ކުރުމަށް ކުރެވޭ މަސައްކަތްތަކެކެވެ. އަދި ފުލުހުންގެ އޮނިގަނޑަށް މި ފަހުން ގެނެވުނު ބަދަލާއެކު ގޭންގު ކުށްތަކާއި ދެކޮޅަށް މަސައްކަތް ކުރުމަށް ވަކި ހާއްސަ ވިންގެއް ގާއިމް ކޮށްފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

”ފާއިތުވި ދުވަސްތަކުގައި ގޭންގު ކުށްތައް ހުއްޓުވުމަށާއި މަސްތުވާތަކެއްޗާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައި،“ ކޮމިޝަނަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ގޭންގު ކުށްތަކާއި ދެކޮޅަށް ކުރެވޭ މަސައްކަތްތައް ހަރުދަނާ ކުރުމަށްޓަކައި، އެފަދަ ކުށްތަކާ ދެކޮޅަށް މަސައްކަތް ކުރާ ބަހާ އާއި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ބަހާގެ އިސް ފުލުހަކު ކޮމިއުނިކޭޝަން ސެންޓަރުގައި މަސައްކަތް ކުރާނެ ކަމަށްވެސް ކޮމިޝަނަރު ހާމަކުރެއްވި އެވެ.

ކޮމިޝަނަރު ޝުޖާއު ވިދާޅުވި ގޮތުގައި މި މަސައްކަތްތަކުގެ މައިގަނޑު މަޤްޞަދަކީ ހުއްޓުމެއްނެތި ރައްޔިތުން އެދޭފަދަ ޚިދުމަތެއް ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުމާއި، އިންސާނީ ވަސީލަތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމެވެ. އަދި މީގެ އިތުރުން ފުލުހުންގެ ޕްރެޒެންސް އިތުރުކޮށް ރައްޔިތުންނަށް ރައްކާތެރިކަމުގެ އިހުސާސް ކޮށްދިނުމެވެ.

މި އައު މަސައްކަތްތަކާއެކު، މާލެ އާއި ހުޅުމާލޭގެ ރައްޔިތުންނަށް އިތުރު ރައްކާތެރިކަމެއް ލިބި، ގޭންގު ކުށްތައް މަދުވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

އަލީ ސުޖާއު ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ