ވެރިއެއްގެ އެންމެ ބޮޑު ޒިންމާއަކީ ގައުމުގެ ޝާނާއި ޝައުކަތު ދެމެހެއްޓުން: ނަރީޝް

Advertisement

Advertisement

އެންމެ ފަސް

Advertisement

ވެރިއެއްގެ އެންމެ ބޮޑު ޒިންމާއަކީ ގައުމުގެ ޝާނާއި ޝައުކަތު ދެމެހެއްޓުން ކަމުގައި މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވެއްޖެ އެވެ.

ނަރީޝް މިގޮތަށް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. ގެ 79 ވަނަ ސެޝަންގެ ބަހުސްތަކުގައި ރޭ ދެއްވި ތަގްރީރާއި ގުޅިގެން ނެވެ.

ނަރީޝްގެ މެސެޖްގައި ވަނީ ވެރިއެއްގެ އެންމެ ބޮޑު ޒިިންމާއަކީ ގައުމުގެ ޝާނާއި ޝައުކަތު އެހެން ގައުމުތަކުގެ ކުރިމަތީގައި ނެގެހެއްޓުމާއި، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ބާރުތަކާއި އިސްތިގްލާލު ދެމެއްޓުން ކަމަށް ވިދާޅުވެފަ އެވެ. އަދި ގައުމުގެ ރައްޔިތުންނަށް ލާބަޔާއި މަންފާވާނެ ކަންކަމުގައި ހާރިޖީ ގުޅުންތައް ދޭދޭ ގައުމުތަކުގެ މެދުގައި ބަދަހިކުރުމާއި، ގައުމުގެ އިގްތިސާދު ކޮޅަށްޖަހައި ނަފާވެރި އުފެއްދުންތެރި ވަތަނީ އަދި ދީނަށް ލޯބިކުރާ މުޖުތަމައުއެއް ބިނާ ކުރުމާއި، ގައުމުގެ ހައްގުގައި އަޑުއުފުލަންޖެހޭ ކޮންމެ ތަނެއްގައި ފަސްޖެހުމެއް ނެތި ބަސްބުނަން ކެރިވަޑައިގަތުމަކީ މިއީ ރައީސެއްގެ ކިބައިގައި ހުންނަވަންޖެހޭ ސިފަތަކެއް ކަމުގައި ނަރީޝް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ސާބިތުކަމާއި އެކު ބައިނަލްއަގްވާމީ މައިދާނުގައި އިސްވެ ދެންނެވުނު ހުރިހާ ކަމެއް މިގައުމުގަައި ކަށަވަރު ކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތާއި ދައްކަވަމުން ގެންދަވާ ހިތްވަރަށް ތައުރީފް ހައްގު ކަމުގައި ނަރީޝް ވިދާޅުވި އެވެ.

”ގިނަ ރައީސުން މަގާމް ގެއްލިދާނެތީ، ނޫނީ ރައްޔިތުންގެ ތާއިދު ގެެއްލިދާނެތީ ކުރަން މިގައުމުގެ ނުކެރުނު އެތައްކަމެއް މިގައަުމުގައި ރައީސް މުއިއްޒު ތަންފީޒު ކުރައްވަން ފައްޓަވައިފި! މުސްތަގުބަލް އުޖާލާކުރަން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް ސާބިތު ކަމާއިއެކު އަޅަން ފަށައިފި!“

ނަރީޝް މިފަދައިން ވިދާޅުވެފައިވާއިރު އދ. ގެ 79 ވަނަ ސެޝަންގައި ބޭއްވި އެކި އެކި އިވެންޓްތަކުގައި ބަހުސް ކުރައްވަމުން ރައިީސް ވަނީ އދ. ގެ އުސޫލުތައް ހަރުދަނާކޮށް ހިންގަވަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މިހާރު އެތަން އޮތީ ހަމައެކަނި އަނގަބަހުން ހަމަތައް ކުރިއަށްގެންދާ އަމަލުން ފިޔަވަޅުތައް ތަންފީޒުނުވާ ތަނެއްގެ ގޮތުގައި ރައީސް ސިފަކުރައްވާފައި ވެއެވެ. މާދަމާގެ ޖީލަށް އދ. ގެ މައްޗަށް އިތުބާރު ހިފޭނީ އެންމެންނާއި މެދު ހަމަހަމަ އުސޫލު ނަގަހައްޓައިގެން ކަމުގައި ރައީސް ވިދާޅުވި އެވެ.

މިގޮތަށް ވިދާޅުވަމުން ރައީސް ވަނީ ސިޑްސް ނުވަތަ ކުދި ޖަޒީރާ ގައުމުތަކަށްވެސް އދ. ގެ ސަލާމަތީ މަޖިލީހުން ޖާގަ އެއް ލިބެން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. ސަލާމަތީ މަޖިލީހަކީ ހަމައެކަނި އެ މަޖިލީހުގެ ދާއިމީ 5 މެންބަރުންނަށް ހާއްސަ ތަނެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންކަމުން، އެފަރާތްތަކުން ވީޓޯގެ ބާރު ބޭނުން ކުރުމުގެ ހައްގު އެންމެ ރަނގަޅު ނޫން ކަން ރައީސްގެ ވާހަކައިގައި ވިދާޅުވެފައި ވެއެވެ. ހަމައެއާއެކު، ރައީސް ވަނީ ފަލަސްތީނުގެ ހަނގުރާމަ ހުއްޓުވައި އެގައުމަށް އދ. ގެ ދާއިމީ މެންބަރުކަން ލިބުމަށް ވަކާލާތު ކުރައްވާފަ އެވެ.

މީގެ އިތުރަށްވެސް، ރައީސް ވަނީ ކުދި ޖަޒީރާ ގައުމުތަކުގެ ހައްގުގައި އެހެން ގައުމުތަކުން ވެސް ރާއްޖޭގެ މިސާލު ނަގައި، އިޔާދަކުރަނިވި ހަކަތަ ފަދަ ތިމާވެށްޓާއި ރައްޓެހި ހައްލުތައް ހޯދުމަށް ގޮވާލައްވާފަ އެވެ. އަދި މޫސުމީ ބަދަލުތަކުން ކުރާ އަސަރުތަކުގެ ހައްސާސްކަން ބަޔާންކުރައްވަމުން ސިޑްސްގެ ގައުމުތަކަށް އެކަމަށް ހާއްސަ ފަންޑިން ލިބެންޖެހޭ ކަމަށް ހިޔާލު ފާޅުކުރައްވާފައި ވެއެވެ. މިއީ އދ. ގެ ސަލާމަތީ މަޖިލީހުގައި ރާއްޖޭގެ ރައީސަކު ތަގްރީރު ކުރެއްވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލަން ޖެހެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އދ އދ އދ. ގެ ސެކިއުރިޓީ ކައުންސިލް އަހުމަދު ނަރީޝް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ