މުދަލު ޒަކާތުގެ ފައިސާ ބަހަން ފަށައިފި، ބޮލަކަށް ޖެހެނީ 4،000 ރުފިޔާ

Advertisement

އެންމެ ފަސް

Advertisement

މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ އޭގެ ހައްގުވެރިންނަށް ބަހަން ފަށައިފި އެވެ.

މޯލްޑިވްސް ޒަކާތު ހައުސްއިން ބުނީ މުދަލު ޒަކާތުގެ ފައިސާ، ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓާވެފައިވާ ފަރާތްތަކަށް ބަހަން ފަށާފައިވާ ކަމަށެވެ.

ޒަކާތު ހައުސްއިން ހާމަ ކުރި މައުލޫމާތުތަކަށް ބަލާއިރު 2021 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް ޖެހިފައިވަނީ 2،700 ރުފިޔާ އެވެ. 2022 ވަނަ އަހަރު 3،000 ރުފިޔާ ޖެހުނު އިރު މިދިޔަ އަހަރު ބޮލަކަށް ޖެހުނީ 3،500 ރުފިޔާ އެވެ. މިއަހަރަކީ މުދަލު ޒަކާތުގެ ފައިސާ ފަގީރުންނާ މިސްކީނުންނަށް ސީދާގޮތުން އެންމެ ގިނައިން ބޮލަކަށް ބަހާ އަހަރެވެ. އެގޮތުން މިއަހަރު މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް ބަހާނީ 4،000 ރުފިޔާ އެވެ.

ޒަކާތު ހައުސްއިން ބުނީ 2021 ވަނަ އަހަރުންފެށިގެން މިއަދާއި ހަމައަށްއޮތް ފަގީރުންނާއި މިސްކީނުންގެ ދަފްތަރު ރިވިއުކުރުމަށްފަހު ޝަރުތުހަމަވާ ފަރާތްތަކަށް ފައިސާ ޖަމާކުރަމުންދަނީ އެފަރާތްތަކުގެ އެކައުންޓުތަކަށް ކަމަށެވެ.

ފަގީރުންނާއި މިސްކީނުންނަށް ޒަކާތު ފަންޑުން ސީދާ ގޮތުންނާއި ނުސީދާގޮތުން އެކި ހޭދަތަށް ކުރެ އެވެ. އެގޮތުން ޒަރޫރީ ބޭނުންތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމާއި ބޭސްފަރުވާ ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން އަދި ހާއްސަ ހާލަތާއި ކުއްލި ހާލަތު މެދުވެރިވެރިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެ އެވެ.

މިއަހަރު ޒަކާތު ފަންޑުން ބޭސްފަރުވާއަށް 16،781،610.99 (ސޯޅަ މިލިއަން ހަތްލައްކަ އައްޑިހަ އެއްހާސް ހަސަތޭކަ ދިހަ ރުފިޔާ ނުވަދިހަ ނުވަ ލާރި) ދޫކޮށްފައިވެ އެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން މުދަލު ޒަކާތުގެ ނިސާބުގެ ގޮތުގައި މިހާރު ކަނޑައަޅާފައިވަނީ 9353.40 ރުފިޔާ އެވެ. މުދަލު ޒަކާތް ބަލައިގަންނާނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިންނެވެ.

މުދަލު ޒަކާތް މޯލްޑިވްސް ޒަކާތު ހައުސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ