މަޑުއްވަރީ އައިސް ޕްލާންޓް މިފްކޯގެ ދަށަށް ބަދަލުކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ރ. މަޑުއްވަރީ ކައުންސިލުން ހިންގަމުން އައި އެރަށުގެ އައިސް ޕަލާންޓު މިފްކޯގެ ދަށަށް ބަދަލުކޮށްފި އެވެ.

މަޑުއްވަރީގެ އައިސް ޕްލާންޓް މިއަދު މިފްކޯއާ ހަވާލުކޮށްފައިވަނީ ސަރުކާރުން އެގޮތަށް ނިންމެވުމުންނެވެ.

އެގޮތުން އެރަށުގެ ކައުންސިލް އިދާރާގައި އެތަނާއި ހަވާލުވުމުގެ އެއްބަސްވުމުގައި މިފްކޯއިން ވަނީ ސޮއިކޮށްފަ އެވެ. އެކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، ވަގުތީ ގޮތުން ކުންފުނި ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި ޗީފް ފައިނޭންޝަލް އޮފިސަ (ސީއެފްއޯ) އިލްޔާސް ހަނީފެވެ. ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މަޑުއްވަރީ ކައުންސިލްގެ ރައީސް މުހައްމަދު ސޯދިގު (ޗޯޓު) އެވެ.

މިކަމާގުޅޭ އިތުރު މައުލޫމާތު ހިއްސާކުރައްވަމުން މިފްކޯގެ ޕްރޮޖެކްޓްސް އެންޑް ޓެކްނިކަލް ޑިޕާޓުމަންޓުގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީ ވިދާޅުވީ، މިއަދުން ފެށިގެން މިފްކޯއިން މަޑުއްވަރީގެ އައިސް ޕްލާންޓާއި ހަވާލުވެ ހިދުމަތް މިހާރު ފެށިފައިވާ ކަމުގައެވެ. އަދި އެތަން މިހާރު ބަލަހައްޓަމުން ދަނީ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް (އެފްއެފްސީ) ގެ އިންޖިނިއަރުންގެ ޓީމުގެ ފަރާތުންކަމަށް މުއާޒް ވިދާޅުވި އެވެ.

މި ފެށި ހިދުމަތާއެކު 750 ރުފިޔާގެ ރޭޓުން މަސްވެރީންނަށް އައިސް ޓަނެއް ފޯރުކޮށްދެވޭނެ. މިއީ 25 މެޓްރިކް ޓަނުގެ ފްލޭކްސް އައިސް ޕްލާންޓެއް. އަދި 50 ޓަނުގެ އައިސްގެ ސްޓޮކެއް މެއިންޓެއިން ކުރެވޭނެ. މަސްވެރީންނަށް ލުއިފަސޭހަ ގޮތްތައް ކުރިއަށް އޮތް ތަނުގައިވެސް ހޯދުމުގައި މިފްކޯ ދެމި އޮންނާނެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މަޑުއްވަރީ ކައުންސިލްގެ ރައީސް ސޯދިހު ވިދާޅުވީ ދެން އެރަށުގެ އައިސް ޕްލާންޓު ބަލަހައްޓާނީ މިފްކޯއިން ކަމަށާއި، އެ މަސައްކަތް ކުރާނެ މުވައްޒަފުންވެސް މިހާރު އެކުންފުނިން ހަމަޖައްސާފައިވާ ކަމުގައެވެ.

މިހާރު އޮޕަރޭޝަން ކުރިއަށް ގެންދެވޭނެ. މިފްކޯގެ ކޭޝިއަރަކާއި ޓެކްނީޝަނުން އެބަތިބި. އަދި މަސްވެރީންނަށް އަގުހެޔޮކޮށް އައިސް ލިބިގެންދާނެ.

މަޑުއްވަރީ އައިސް ޕްލާންޓަކީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ހިދުމަތް ދޭން ފެށި ތަނެކެވެ. އެއީ މަސްވެރީންގެ ދުވަހާއި ދިމާކޮށް ހުޅުވި ތަނެކެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ފެލިވަރު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ