މިނިސްޓަރު އޮފް ފޮރިން އެފެއާޒް، މޫސާ ޒަމީރު އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ)ގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ސައިފް އަލް ސުވައިދީއާ އަންގާރަ ދުވަހު ބައްދަލުކުރައްވައިފި އެވެ.
މިނިސްޓަރު ޒަމީރު އޭނާގެ ރަސްމީ އެކްސް ހެންޑްލްގައި އޭޑީއެފްޑީގެ ޑިރެކްޓަރު ޖެނެރަލްއާ ބައްދަލުކުރެއްވިކަން ކަށަވަރުކޮށްދެއްވައި، އޭޑީއެފްޑީގެ ދީލަތި އެހީތެރިކަމާއެކު ރާއްޖޭގައި ހިންގާ މަޝްރޫއުތަކާ ބެހޭ ގޮތުން ބިނާކުރަނިވި މަޝްވަރާއެއް ކުރެވުނު ކަމަށް ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ވެސް ކުރީގެ ރައީސް ވަނީ އެކި އަހަރުތަކުގައި ރާއްޖޭގެ ތަރައްގީއަށް އޭޑީއެފްޑީން ކޮށްދިން އަގުހުރި އެހީތެރިކަމަށް ސަރުކާރުގެ ފަރާތުން ޝުކުރު އަދާކުރައްވާފަ އެވެ.
ފޮރިން މިނިސްޓަރު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ރަސްމީ ދަތުރުފުޅެއްގައި ހޯމަ ދުވަހު ދަތުރުކުރެއްވީ ޔޫއޭއީގެ ބޮޑުވަޒީރުގެ ނައިބު އަދި މިނިސްޓަރު އޮފް ފޮރިން އެފެއާޒް ޝެއިޚް އަބްދުالله ބިން ޒައިދު އަލް ނަހްޔާންގެ ދައުވަތަކަށެވެ.
ފޮރިން މިނިސްޓްރީން ހޯމަ ދުވަހު ބުނީ މިނިސްޓަރު ޒަމީރު އެގައުމަށް ޒިޔާރަތް ކުރައްވާ ޔޫއޭއީގެ ބޮޑުވަޒީރުގެ ނައިބު އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އާއި ޔޫއޭއީ ސަރުކާރުގެ އިސް އެހެން އޮފިޝަލުންނާ އެކު މަތީ ފެންވަރުގެ މަޝްވަރާތަކެއް ކުރައްވާނެ ކަމަށެވެ.
އެމަނިކުފާނުގެ މިދަތުރަކީ، ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއްކަމަށް މިނިސްޓްރީން ބުނެ އެވެ.
މިނިސްޓަރުގެ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ އެމްބެސެޑަރ އެޓް ލާޖް، އަޙްމަދު ނަސީރު؛ ބައިލެޓަރަލްގެ ސެކްރެޓަރީ ޑރ. ހާލާ ހަމީދު އާއި އަދި ޖޮއިން ސެކްރެޓަރީ މަރިޔަމް ރީޝާ އެވެ.
ފޮރިން މިނިސްޓަރު އޭޑީއެފްޑީގެ ޑިރެކްޓަރު ޖެނެރަލްއާ ބައްދަލުކުރައްވާފައިވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު، ފެބްރުއަރީ މަހުގެ ކުރީކޮޅު ދުބާއީގައި ބޭއްވި ވޯލްޑް ސަރުކާރުގެ ސަމިޓުގައި ބައިވެރިވެވަޑައިގަތުމުގެ ތެރޭގައި އަލް ސުވައިދީއާ ވެސް ބައްދަލުކުރައްވާފައިވެ އެވެ.
ރައީސް މުއިއްޒު އާއި އަލް ސުވައިދީ ވެސް ވާހަކަފުޅު ދެއްކެވީ ރާއްޖޭގެ ތަރައްގީއަށް ގިނަ ފަރާތްތަކެއްގެ އެއްބާރުލުން އިތުރުކުރުމާ ބެހޭ ގޮތުން ނެވެ.
މިނިސްޓަރު ޒަމީރު މިފަހަރު ޔޫއޭއީއަށް ކުރައްވާ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، އަންނަ ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހު، އަދިވެސް އެއްފަހަރު ދުބާއީއަށް ފުރާވަޑައިގަންނަވާނެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - ޔޫއޭއީ އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު