”މަގޭ ސޯލާ“ ފުރަތަމަ މަރުހަލާ އަށް ބޭނުންވާ ތަކެތި އަންނަ މަހު ރާއްޖެ އަށް

Advertisement

އެންމެ ފަސް

Advertisement

”މަގޭ ސޯލާ“ މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ ފުރަތަމަ މަރުހަލާއަށް ބޭނުންވާ ތަކެތީގެ ފުރަތަމަ ޝިޕްމަންޓް އަންނަ މަހު ރާއްޖެ ގެނެވޭނެ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުއާވިޔަތު ވިދާޅުވެއްޖެ އެވެ.

ސްޓޭޓް މިނިސްޓަރު މިފަދައިން ވިދާޅުވީ ދައުލަތުގެ މީޑިއާގެ ޕްރޮގްރާމަކަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

މި މަޝްރޫއުގެ ދަށުން އިޔާދަކުރަނިވި ހަކަތައިގެ މަސައްކަތް ފުރަތަމަ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ފެނަކައިގެ ދަށުން ކަރަންޓު ފޯރުކޮށްދެމުންދާ ރަށްރަށުގައި ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ ނިސްބަތް 4 އިންސައްތަ އިން 33 އިންސައްތައަށް އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެއަމާޒަށް ވާސިލުވުމަށް މިއަހަރުގެ ކުރީކޮޅު ”މަގޭ ސޯލާ“ގެ ނަމުގައި ހާއްސަ މަޝްރޫއެއް ވަނީ ފައްޓަވާފަ އެވެ. މިމަޝްރޫއަކީ ސީދާ ރައްޔިތުންގެ ގޭބިސީތަކާ ހިސާބުން ހަކަތަ އުފެއްދުމަށް، އިޔާދަކުރަނިވި ހަކަތައިގެ ނިޒާމަށް ބަދަލުވުމަށް ކުރެވޭ މަސައްކަތެކެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޑރ. މުއާވިޔަތު ވިދާޅުވީ، މިމަޝްރޫއުގެ މަސައްކަތް އެކި މަރުހަލާތަކަށް ބަހައިގެން ކުރިއަށްދާނެ ކަމަށެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި ހިމެނޭ 750 ގޭބިސީގައި ހަރުކުރަން ނިންމާފައިވާ ސޯލާއާއި އެކަމަށް ބޭނުންވާ ވަސީލަތްތައް ހިމެނޭ ފުރަތަމަ ޝިޕްމަންޓް ގެންނަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާ ކަމަށް ވިދާޅުވި އެވެ.

”މި މަޝްރޫއުގެ ފުރަތަމަ 3 މެގަވޮޓްގައި ހިމެނޭ ސޯލާއާއި ސޯލާ ހަރުކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއް އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް ލިބޭނެ“ ޑރ. މުއާވިޔަތު ވިދާޅުވި އެވެ.

މަގޭ ސޯލާ ޕްރޮގްރާމް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ