ހުއްޓުމެއްނެތި ވާރޭ ވެހުމުގެ ސަބަބުން މާލޭގައި ފެން ބޮޑުވެއްޖެ

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މިއަދު ހުއްޓުމެއްނެތި މާލެއަށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ އެކި ސަރަހައްދުތަކުގައި ފެން ބޮޑުވެއްޖެ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ކުރިއަށް އޮތް ފަސް ދުވަހުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ގުގުރުމާއެކު ވާރޭ ވެހޭނެކަމަށް ލަފާކޮށްފަ އެވެ. މާލެއަށް މިއަދު ވެހެމުންދާ ވާރޭގައި ގިނަ މަގުތަކެއްގައި ވަނީ ފެން ބޮޑުވެފަ އެވެ.

ވާރޭ ވެހުމުގެ ސަބަބުން މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެންހިންދުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިޔު ސާވިސްގެ ސިފައިން ކުރަމުން އަންނަކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

ސިފައިންގެ އިތުރުން ފުލުހުންވެސް ދަނީ ފެން ހިންދުމުގެ މަސައްކަތުގައި އެހީތެރިވަމުންނެވެ. އަދި ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެފައިވާތީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް، މާލޭގެ އެކި ހިސާބުތަކާއި ސްކޫލު ސަރަހައްދުތަކުގައި ފުލުހުން އަންނަނީ ހަރަކާތެރިވަމުންނެވެ.

މާލޭގެ އިތުރުން ރާއްޖޭގެ ބައެއް ރަށްރަށުގައިވެސް ވަނީ ފެންބޮޑުވެފަ އެވެ. ފެން ބޮޑުވުމުގެ ސަބަބުން ގޭގޭގެ ދޮރުމަތީގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު ފުލުހުންވެސް އަންނަނީ މި މަސައްކަތުގައި އެހީތެރިވަމުންނެވެ.

 

އިންޑިޔާ ސިފައިން މޫސުން ގޯސްވުން މޫސުމާ ބެހޭ ގައުމީ އިދާރާ ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ