ޕަބްލިކް ހެލްތު ސެކްޓަރ ވަރުގަދަ ކުރުމަށްޓަކައި މާލެ ސަރަހައްދުގައި އަރބަން ޕްރައިމްރީ ހެލްތު ކެއަރ ސެންޓަރެއް ހެދުމަށް ބޭރުގެ ފަންޑިންއަށް މިހާރު ހުށަހަޅާފައިވާ ކަމަށް ކަމަށް ހެލްތު މިނިސްޓަރ ޑރ. އަބުދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
ރައޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހދ. ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ، ޕްރައިމަރީ ހެލްތު ކެއަރގެ ނިޒާމް ހަމަޖެހިގެންދާއިރު ހޮލިސްޓިކް އެޕްރޯޗަކުން ޕްރައިމަރީ ހެލްތު ކެއަރގެ ނިޒާމް ވަރުގަދަވެގެންދާނެ ކަމަށެވެ.
”މިދަންނަވަނީ ތަންކޮޅެއް ފުޅާ ދަމަނަވެއްޓެއްގެ ވާހަކަ“ މިނިސްޓަރ ވިދާޅުވި އެވެ.
މި ތަންތަނުން ލިބޭނެ ހިދުމަތްތަކުގެ ތެރޭގައި ކްލިނިކަލް ބައެއް މަސައްކަތާއި، ކުޑަކުދިންގެ ގްރޯތް މޮނިޓަރިންގެ ބައެއް ކަންކަން ހިނގާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. މީގެއިތުރުން އުމުރުން ދުވަސްވީ މީހުނަށް ދެވޭ ޖެރިއޭޓިކް ކެއަރ ގެ ހިދުމަތާއި ގޭގެއަށް ޒިޔާރަތްކޮށްގެން ހާއްސަކޮށް އުމުރުން ދުވަސްވެ އެނދުމަތިވެފައިވާ މީހުންނަށް ފަރުވާދިނުމުގެ ކަންކަން މިހާރަށްވުރެ ފުޅާދާއިރާއެއްގައި ކުރެވިގެެންދާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މީގެ އިތުރުން ވެލްނެސް ސެންޓަރ އެއް ގާއިމްކުރެވި މުޅިން އަލަށް މި ހިދުމަތްވެސް ދިނުމަށް ނިންމާފައިވާ ކަމަށް މިިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ސިޓީއެއްގައި އަރބަން ޕްރައިމަރީ ހެލްތު ކެއަރގެ ގެ ނިޒާމް ވަރުގަދަކުރުން ކަމަށެވެ.
ޕްރައިމަރީ ހެލްތު ކެއަރގެ ނިޒާމް ވެސް މިހާރު ބައެއް އަތޮޅުތަކުގައި ވަނީ ރޯލްއައުޓް ކުރަން ފަށާފަ އެވެ.
މި މަސައްކަތް ނިމިގެެންދާއިރު އެއްކުރެވޭ ޑޭޓާ ބޭސްގެ ޒަރީއާއިން ކޮންމެ މީހަކަށް އެމީހަކަށް ސިއްހީ ނިޒާމުގައި ބޮޑު ބައްޔަކާއި ދިމާއަށް ވާރުތަވާނަމަ ސިސްޓަމް މެދުވެރިޮށް އެންގި ޑޮކްޓަރާއި ހަމައަށް ދާން އެންގޭނެ އެވެ.
ރައްޔިތުންގެ މަޖިލިސް މިނިސްޓްރީ އޮފް ހެލްތް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް



