ބިދޭސީ މަސައްކަތްތެރިންނަށް ވެފައިވާ އިހުމާލާމެދު ވިސްނަންޖެހޭ: ސައުދާ

Advertisement

އެންމެ ފަސް

Advertisement

ރާއްޖެއަށް ބިދޭސީން ގެންނަ ފަރާތްތަކުން އެމީހުން ގެންނަ ބިދޭސީ މަސައްކަތްތެރިންނަށް ވެފައިވާ އިހުމާލާމެދު ވިސްނަންޖެހޭ ކަމަށް ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ވަނީ ވަޒީފާއާބެހޭ ޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަށް ބަހުސްކޮށްފައެވެ.

މިބަހުސްގައި ވާހަކަ ދައްކަވަމުން މެންބަރު ސައުދާ ވިދާޅުވީ ބިދޭސީ މަސައްކަތްތެރިން ރާއްޖެއަށް ގެންނަ ފަރާތްތަކުން އެ ބިދޭސީ މަސައްކަތްތެރިންނާމެދު ވެފައިވާ އިހުމާލާމެދު ވިސްނާނުން ވަރަށް މުހިންމު ކަމަށެވެ. ބިދޭސ މަސައްކަތްތެރިންނަށް އިހުމާލުވުމުގެ ސަބަބުން އެމީހުން އެތައް ހައްގުތަކަކުން މަހުރޫމުވެ ވަރަށް ހާލުގައި ރާއްޖޭގައި ދިރިއުޅޭކަން ފާހަގަ ކުރެއްވިއެވެ.

އިންސާނީ ވަގުފާރީގެ ތެރެއަށް ވަންނަގޮތަށް ބިދޭސީ މަސައްކަތްތެރިން ގެންގުޅެ އެމީހުންނަށް ދެމުންދާ ގެއްލުމުގެ ސަބަބުން، އެމީހުން ރާއްޖެއަށް މަސައްކަތް ކުރުމަށް އަންނަ މަގުސަދު އޮޅޭ ކަމަށް މެންބަރު ސައުދާ ވިދާޅުވިއެވެ. އަދި އެފަދަ ކަންކަމުގެ ސަބަބުން އެމީހުން ވަޒީފާ އަދާކުރަން ގެންން ބޭނުންނޫން އެހެން ކަންކަމުގައި ވަޒީފާ އަދާކުރުމަށް މަޖުބޫރުވާ ކަމަށްވެސް ވިދާޅުވިއެވެ.

މެންބަރު ސައުދާ ވިދާޅުވީ ވަޒީފާއާބެހޭ ޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން މިފަދަ ވަރަށް ގިނަ ކަންކަން އިސްލާހުވެގެންދާނެ ކަމަށެވެ. އަދި ކޮމިޓީ މަރުހަލާގައި މި އިސްލާހާމެދު މަޝްވަރާކުރެވޭއިރު ދިވެހި އަދި ބިދޭސީ މަސައްކަތްތެރިންގެ ހައްޤުތަކާމެދުވެސް ވިސްނާލުން މުހިންމު ކަމަށް ވިދާޅުވިއެވެ.

ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ރައްޔިތުންގެ މަޖިލިސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ