ޑރ. ނިޔާފް އޭޑީކޭ ދޫކުރައްވައި، އައިޖީއެމްއެޗަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

މަޝްހޫރު ނިއުރޯސާޖަން ޑރ. އަލީ ނިޔާފް އޭޑީކޭ ހޮސްޕިޓަލުން ވަކިވެވަޑައިގެން، ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗްގެ ނިއުރޯސާޖަރީ ޑިޕާޓްމެންޓާ ގުޅިވަޑައިގެންފި އެވެ.

ރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ނިއުރޯސާޖަން ކަމުގައިވާ ޑރ. ނިޔާފް އަކީ އޭޑީކޭގައި އެކްލޫސިވްކޮށް މަސައްކަތް ކުރެއްވި ޑޮކްޓަރެކެވެ. ޑރ. ނިޔާފް ވަނީ ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އާންމުންގެ ބޮޑު އިތުބާރެއްވެސް ހޯދަވާފަ އެވެ.

އޭޑީކޭ ހޮސްޕިޓަލުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ނިޔާފް އޭޑީކޭއަށް ކޮށްދިން ހިދުމަތުގެ އަގުވަޒަންކޮށް ޝުކުރު އަދާކޮށްފަ އެވެ. އަދި އޭނާއަށް ފާގަތި ކުރިމަގަކަށްވެސް އެދިފައިވެ އެވެ.

ނިޔާފް ވަނީ 9 އަހަރާއި 10 މަސްވަންދެން އޭޑީކޭގައި މަސައްކަތްކޮށްފަ އެވެ.

މިކަން ފާހަގަކޮށް އޭޑީކޭއިން ވަނީ ނިޔާފްއަކީ އެ ހޮސްޕިޓަލްގެ ނިއުރޯސާޖަރީ ޑިޕާޓްމެންޓްގައި އަގުހުރި ދައުރެއް އަދާކޮށްފައިވާ ޑޮކްޓަރެއް ކަމަށް ބުނެފަ އެވެ. އަދި އޭނާގެ މަސައްކަތްތައް އަބަދުވެސް ބަލައިގަންނާނެ ކަމަށް އޭޑީކޭއިން ބުންޏެވެ.

ނިޔާފްގެ ބޭބެ ޑރ. އަބްދުﷲ ނިޔާފްއަކީވެސް އޭޑީކޭގައި މަސައްކަތް ކުރާ ޑޮކްޓަރެެކެވެ. އަބްދުﷲ ނިޔާފްއަކީ އޭޑީކޭގެ ކުޑަކުދިންގެ ޑޮކްޓަރެކެވެ. އޭނާ ވަނީ ނިޔާފް އައިޖީއެމްއެޗްގައި މަސައްކަތްކުރުމުން އެ ހޮސްޕިޓަލަށް ކުރިއެރުން ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް ބުނެފަ އެވެ.

”ޖަވިޔަނި“ އަށް މައުލޫމާތުދެމުން އައިޖީއެމްއެޗް އިން ވަނީ ޑރ. ނިޔާފް އެ ހޮސްޕިޓަލުގެ ނިއުރޯސާޖަރީ ޑިޕާޓްމެންޓާއި ގުޅުނު ކަން ކަށަވަރުކޮށްދީފަ އެވެ.

އައިޖީއެމްއެޗްއިން މިއަދު ވަނީ ޑރ. ނިޔާފަށް ކޮންސަލްޓް ކުރުމަށް އެޕޮއިންޓްމެންޓް ހަދަަން މިހާރު ނަން ނޯޓް ކުރެވޭނެ ކަމަށް ބުނެފަ އެވެ.

ނިއުރޯސާޖަން ޑރ. އަލީ ނިޔާފް އައިޖީއެމްއެޗް އޭޑީކޭ ހޮސްޕިޓަލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ