އޯތެންޓިކް މޯލްޑިވްސްގެ ފިހާރައެއް ތޮއްޑޫގައި ހުޅުވައިފި

Advertisement

އެންމެ ފަސް

Advertisement

އޯތެންޓިކް މޯލްޑިވްސްގެ ފިހާރައެއް ތޮއްޑޫގައި ހުޅުވައިފި އެވެ.

މި ފިހާރަ ހުޅުވާދިނީ މޫސާ އާޓްސްގެ ވެރިފަރާތް ކަމަށްވާ މޫސާ ހަސަންއެވެ. މޫސާ ހަސަން އަކީ ތޮއްޑޫ ފިހާރައަށް ސަޕްލަޔަރެއްގެ ހައިސިއްޔަތުން އެންމެ ފުރަތަމަ މުދާ ސަޕްލައި ކުރި ވިޔަފާރިޔާކަމަށް ބީސީސީން ބުނެ އެވެ.

މި ފިހާރައިން އެންމެ ފުރަތަމަ ވިޔަފާރިކުރީ ބީސީސީގެ މެނޭޖިން ޑިރެކުޓަރ އިބުރާހިމް ޒިއާއު މުހައްމަދެވެ. އެގޮތުން ތޮއްޑޫ ސަޕްލަޔަރެއްގެ ދިވެހި އުފެއްދުމެއް ގަތުމަށްފަހު ތޮއްޑޫ ކައުންސިލްގެ ރައީސަށް ހަދިޔާ ކޮށްފައިވާކަމަށް ބީބީސީއިން ބުނެ އެވެ.

ފިހާރަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޒިއާއު ވިދާޅުވީ އަމާޒަކީ ދިވެހި އުފެއްދުންތެރިން އުފައްދާ ތަކެތި ރާއްޖެއާއި ރާއްޖެއިން ބޭރުގައި މާކެޓްކޮށް ވިއްކޭނެ ފަހި ފުރުސަތުތަކެއް ހޯދައިދިނުން ކަމަށެވެ. އަދި އެފަދަ ފުރުސަތުތައް ބަލައި އެކަން ފަހި ކުރެވޭނެ ގޮތްތައް ހޯދަމުން ދާނެ ކަމުގައި ޒިއާއު ވިދާޅުވިއެވެ.

މި ފިހާރަ ހުޅުވުމަށްފަހު ވިޔަފާރި ކޮށްގެން ލިބޭ އާމްދަނީ 20 އިންސައްތަ ފަލަސްތީނަށް އެހީވުމަށް ހަދިޔާ ކުރަން ނިންމާފައިވާކަމަށް ބީސީސީން ބުނެއެވެ.

އޮތެންޓިކް މޯލްޑިވްސް ފިހާރާގެ ސަބަބުން އެ ސަރަހައްދުގައި ހަރަކާތްތެރިވާ އުފެއްދުންތެރިންނަށް އައު ބާޒާރުތަކަށް ފުރުސަތުހުޅުވި ސަރަހައްދުގެ އިގްތިސާދު ތަރައްގި ވުމާއެކު ތޮއްޑޫއަށް ޒިޔަރަތްކުރާ ފަތުރުވެރިންގެ މެދުގައި ދިވެހިންގެ އުފެއްދުންތަކަށް އޮއްނަ ޝައުގުވެރިކަން އިތުރުވެގެންދާނެ ކަމަށްވެސް ބީސީސީން ބުނެއެވެ.

ވޯލްޑް ބޭންކުގެ މީރީ ޕޮރޮޖެކްޓުގެ އެހީތެރިކަމާއެކު ތޮއްޑޫގައި ހުޅުވިގެންދިޔަ މި ފިހާރަ އަކީ އޯތެންޓިކް މޯލްޑިވްސް މަރުކާގެ ދަށުން ބީބީސީން ހުޅުވި 5 ވަނަ ފިހާރަ އެވެ. ތޮއްޑޫގެ އިތުރުން މާލެ ކްރޮސްރޯޑްސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ގެ އިތުރުން ގަން އިންޓަނޭޝަނަލް އެއާޕޯޓް ގައިވެސް އެތެންޓިކް މޯލްޑިވުސްގެ ފިހާރަތަށް ވަނީ ހުޅުވާފަ އެވެ.

މި ފިހާރަތަކުގައި 300 އަށް ވުރެ ގިނަ ދިވެހިން މަސައްކަތް ކުރެ އެވެ. އަދި 500 އަށް ވުރެ ގިނަ އުފެއްދުންތައް މިހާރުވެސް ވިއްކަމުންދާކަމަށް ބީސީސީން ބުނެ އެވެ.

ބީސީސީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ