ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ހުޅުމާލެއިން ބިމެއް ބައްލަވައިގެންފައިވާކަމަށް ބުނެ ނޫހެއްގައި ލިޔެފައިވާ ހަބަރާއެކު އޭނާ އަންތަރީސްވެއްޖެ އެވެ.
’ދިޔަވަރު‘ ނޫހުގައި ލިޔެފައިވާ ހަބަރެއްގައި ބުނެފައިވަނީ ހުޅުމާލޭގެ ބީޗް ފްރޮންޓުން 9 މިލިއަން ރުފިޔާއަށް ސައުދާ ބިމެއް ބައްލަވައިގެންފާވާކަން އެ ނޫހަށް ކަށަވަރުވެފައިވާ ކަމަށެވެ. އަދި އެ ގޯއްޗަކީ ހުޅުމާލޭގެ ބީޗް ފްރޮންޓުން އެޗްޑީސީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދުގެ އަންހެނުންނަށް އުސޫލާއި ހިލާފަށް ދީފައިވާ ގޯއްޗާއި އިން ވެގެން އޮތް ބިމެއްކަމަށްވެސް ބުނެފައިވެ އެވެ.
’ޖަވިޔަނި‘ ނޫހަށް މައުލޫމާތު ދެއްވަމުން ސައުދާ ވިދާޅުވީ އެ ބިމެއް އޮތްތަނެއް ބަލާލަން އޭނާވެސް ބޭނުންވާ ކަމަށެވެ. އަދި މިއީ ކަނޑައެޅިގެން ދޮގު ހަބަރެއް ކަަމަށްވެސް ސައުދާ ވިދާޅުވި އެވެ.
އަސްތާ! އަޅުގަނޑުވެސް ބޭނުން ތި ބިމެއް އޮތްތަނެއް ބަލަން. އެއްވެސް ބިރެއް ނެތި މިފަދަ ބޮޑެތި ދޮގު ހަދަނީ ކިހިނެއްބާއޭ ހިތަށް އަރާ. ކަނޑައެޅިގެން ދޮގެއް އިނގޭތޯ.
މީގެ އިތުރުން ސައުދާ ވަނީ އެއްވެސް ބިރެއް ނެތި މިފަދަ ދޮގު ހަބަރުތައް ފަތުރަމުން ދާތީ އެކަމާ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހުޅުމާލެ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ