ފެލިވަރުގައި އަޅަން ނިންމާފައިވާ 100 ޓަނުގެ ކޭނަރީ ޑިޒައިން ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ފެލިވަރުގައި އަޅާ 100 ޓަނުގެ ކޭނަރީއަކީ 40 މިލިއަން ޑޮލަރުގެ މަޝްރޫ އެކެވެ. މި މަޝްރޫ ކުރިއަށް ގެންދަން ހަވާލުކޮށްފައިވަނީ ޗައިނާގެ ކުންފުންޏަކާ އެވެ.
ކޭނަރީ އެޅުމަށް ހަވާލުކޮށްފައިވާ ޗައިނާގެ ކުންފުންނިން ފެލިވަރަށް ޒިޔާރަތްކޮށް ކޭނަރީ އަޅާ ސަރަހައްދު ދިރާސާކޮށްފައިވާކަމަށް ފެލިވަރުން ވަނީ ބުނެފަ އެވެ. އަދި މިހާރު އެ މަޝްރޫ ޑިޒައިން ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށްވެސް މިފްކޯއިން ވަނީ ބުނެފަ އެވެ.
ކޭނަރީ އެޅުމަށް ޗައިނާގެ ކުންފުންޏާ ހަވާލުކޮށްފައިވާއިރު އެ ކުންފުނީގެ އަމާޒަކީ 2026 ވަނަ އަހަރުގެ ނިޔަލަށް އެ މަޝްރޫ ނިންމާލުންކަމަށް މިފްކޯއިން ބުނެ އެވެ. މި މަޝްރޫ ނިމުމާއެކު އެއްފަހަރާ 150 ޓަނުގެ މަސް ޕްރޮސެސް ކުރުމުގެ ގާބިލުކަން ހުންނާނެކަމަށް މިފްކޯއިން ބުނެ އެވެ.
މިފްކޯއިން މިހާރު ފެލިވަރު މަސްދަޅު އުފެއްދުމަށް ބޭނުން ކުރާ ކޭނަރީއަކީ މީގެ 40 ވަރަކަށް އަހަރު ކުރިން އަޅާފައިވާ ތަނެކެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ފެލިވަރު



