ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅާފައިވާ ސަފީރު އެގައުމުގެ ރައީސަށް ފަތްކޮޅު އަރުވައިފި

Advertisement

އެންމެ ފަސް

Advertisement

ރާއްޖެއިން އެކުވެރި އަރަބި އިމާރާތަށް ކަނޑައަޅާފައިވާ ސަފީރު އެގައުމުގެ ރައީސަށް ފަތްކޮޅު އަރުވައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ރާއްޖެއިން އެކުވެރި އަރަބި އިމާރާތަށް ކަނޑައަޅާފައިވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު)، އޭނާގެ ސަފީރުކަމުގެ ފަތްކޮޅު، އެކުވެރި އަރަބި އިމާރާތުގެ ރައީސް އަދި އަބޫދާބީގެ ރޫލާ ޝެއިހް މުހައްމަދު ބިން ޒައިދު އަލް ނަހްޔާންއަށް ބުދަ ދުވަހު އަރުއްވާފައިވާ ކަމަށެވެ.

އެކުވެރި އަރަބި އިމާރާތުގެ ރިޔާސީ ގަނޑުވަރު ގަސްރު އަލް ވަތަންގައި ބޭއްވުނު ރަސްމިއްޔާތެއްގައި، ރާއްޖޭގެ އައު ސަފީރު ވަނީ އެކުވެރި އަރަބި އިމާރާތުގެ ރައީސްއަށް ފަތްކޮޅު އެރުވުމުގެ އިތުރުން ގަނޑުވަރުގައި ދިވެހި ދިދަ ނަންގަވާފަ އެވެ.

ފަތްކޮޅާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޝެއިހް މުޙައްމަދު ބިން ޒައިދު ވަނީ އެކުވެރި އަރަބި އިމާރާތާއި ރާއްޖެއާ ދެމެދު އޮންނަ އަހުވަންތަކަމުގެ ގުޅުމަށް އަލިއަޅުވާލައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ރާއްޖެއިން ޔޫ.އޭ.އީ.އާއެކު ގާއިމްވެފައިވާ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރައްވަން ކުރައްވާ މަސައްކަތްޕުޅަށް އަލިއަޅުވާލެއްވި އެވެ.

ރާއްޖެއިން އެކުވެރި އަރަބި ޢިމާރާތަށް ކަނޑައެޅުއްވި ސަފީރު ހުސައިން ޝަރީފް ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުންނާއި ދިވެހި ރައްޔިތުންގެ ފަރާތުން އެކުވެރި އަރަބި އިމާރާތުގެ ވެރިންނަށާއި ރައްޔިތުންނަށް ފުރިހަމަ ސިއްހަތާއި ކާމިޔާބީއަށް އެދިވަޑައިގަތެވެ.

އަދި ސަފީރުގެ ހައިސިއްޔަތުން ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިވެ، ހަރުދަނާ ކުރެއްވުމަށް މަސައްކަތް ކުރައްވާނޭކަމުގެ ޔަގީންކަން ދެއްވި އެވެ.

ރާއްޖެއާއެކު އޮންނަ ގުޅުން އެކި ރޮނގުރޮނގުން ފުޅާކުރުމަށް ޔޫ.އޭ.އީ. އޮތީ ތައްޔާރަށް ކަމަށް ޔޫ.އޭ.އީ.ގެ ރައީސް ވިދާޅުވި އެވެ. އަދި އައު ސަފީރާއެކު މި މުހިންމު ލަނޑުދަނޑި ހާސިލްކުރެއްވުމަށް ޔޫ.އޭ.އީ. ސަރުކާރުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވި އެވެ.

އެ ރަސްމިއްޔާތުގެ ފަހުން ބޭއްވުނު ބައްދަލުވުމުގައި ޝެއިހް މުހައްމަދު ބިން ޒައިދު އަލް ނަހްޔާން ދެއްކެވި ވާހަކަފުޅުގައި މި ރަސްމިއްޔާތުގައި ސަފީރުކަމުގެ ފަތްކޮޅު އެރުވި އެކިއެކި ގައުމުތަކުގެ ސަފީރުންނަށް މަރުހަބާ ވިދާޅުވެ، އެ ސަފީރުންގެ ގައުމުތަކާއެކު އިތުރަށް ގުޅުންތައް ހަރުދަނާ ކުރުމަށް އެކުވެރި އަރަބި ޢިމާރާތުން ބޭނުންވާކަން ހާމަކުރައްވައި، ސަފީރުންގެ މަސައްކަތްޕުޅަށް ބޭނުންފުޅުވާ ކަންކަމުގައި އެކުވެރި އަރަބި އިމާރާތުގެ ސަރުކާރުން ފުރިހަމަ އެހީތެރިކަން ފޯރުކޮށްދެއްވާނޭކަން ކަށަވަރު ކޮށްދެއްވި އެވެ.

ރާއްޖެއާއި އެކުވެރި އަރަބި އިމާރާތާ ސިޔާސީ ގުޅުން ގާއިމްކުރެވުނީ 15 މާރޗް 1978 ވަނަ އަހަރު އެވެ.

ހުސައިން ޝަރީފަކީ ރާއްޖެއިން އެކުވެރި އަރަބި އިމާރާތަށް ކަނޑައެޅުއްވި ހަ ވަނަ ސަފީރެވެ.

އެކުވެރި އަރަބި އިމާރާތުގެ ރައީސް އަދި އަބޫދާބީގެ ރޫލާ ޝެއިހް މުހައްމަދު ބިން ޒައިދު އަލް ނަހްޔާން އެކުވެރި އަރަބި އިމާރާތް މުހައްމަދު ހުސައިން ޝަރީފް (މުންދު)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ